މާވަށު ދާއިރާގެ ވޯޓް އަލުން ގުނަނީ

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ މާވަށު ދާއިރާގެ ވޯޓް އަލުން ގުނާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
މިއަދު މަޖިލިސް އިންތިހާބުގެ ވަގުތީ ނަތީޖާތައް އިއުލާން ކުރުމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައު ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، މާވަށު ދާއިރާގެ ވޯޓް އަލުން ގުނަން ހަމަޖެހިފައިވާ ކަމަށެވެ. 
ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ، ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރު ކަން ކުރެއްވި ބޭފުޅެއް ކަމަށްވާ މުހައްމަދު ސައީދެވެ. މާވަށު ދާއިރާގެ ވޯޓް އަލުން ގުނަން އީސީ އިން ނިންމެވީ، އެދާއިރާއަށް ވާދަކުރެއްވި ކެނޑިޑޭޓެއް ކަމަށްވާ އިބްރާހިމް ފަލާހެވެ. ފަލާހް ޝަކުވާ ހުށައެޅީ، ސައީދަށް ކުރި ލިބިވަޑައިގަތީ ބާތިލް ވޯޓުތަކެއް ވެސް ގުނައިގެން ކަމަށް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ