މެޓުން އެންމެ ފަހުން ވަނީ ޅ އަތޮޅުން ފެށިގެން މީމު އަތޮޅާއި ހަމައަށް ހުދު ސަމާލު ނެރެފަ އެވެ. މި ސަމާލު ނެރެފައި ވަނީ މިރޭ 10:45 އާ ހަމައަށެވެ.
ރާއްޖޭގެ މޫސުން ގޯސްވެ ބޮޑު ސަރަހައްދަކަށް މޫސުމީ އިންޒާރު ނެރެފި އެވެ.
މިއަދު ހެނދުނުން ފެށިގެން ރާއްޖޭގެ މޫސުން ގޯހެވެ. އެހެން ކަމުން ދޭތެރެ ދޭތެރެއިން މޫސުމީ އިންޒާރު ދަނީ ނެރެމުންނެވެ.މެޓުން އެންމެ ފަހުން ވަނީ ޅ އަތޮޅުން ފެށިގެން މީމު އަތޮޅާއި ހަމައަށް ހުދު ސަމާލު ނެރެފަ އެވެ. މި ސަމާލު ނެރެފައި ވަނީ މިރޭ 10:45 އާ ހަމައަށެވެ. މެޓުން ބުނީ މިވަގުތުތަކުގައި ބޯކޮށްވާރޭވެހުމާ އެކު ގުގުރާނެ ކަމަށެވެ. އަދި ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ އެވެ.ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.އޭގެ ފަހުން ހއ އަތޮޅުން ފެށިގެން މީމު އަތޮޅަށް ވަނީ ރީންދޫ ސަމާލު ނެރެފަ އެވެ. މެޓުން މި ސަމާލު ނެރެފައިވަނީ މިރޭ 10 ޖެހުމާއި ހަމައަށެވެ. މިވަގުތުތަކުގައި ބޯކޮށްވާރޭވެހުމާ އެކު ގުގުރާނެ ކަމަށެވެ. އަދި ގަޑިއަކު 25 މޭލާ 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ އެވެ. ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
މޫސުން ގޯސް؛ ޅ އިން މީމަށް ހުދު، ހއ އިން މީމަށް ރީންދޫ ސަމާލު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ