ސާބިއާ މިނިވަން ގައުމަކަށް ވުމުގެ ކުރިން، ފުޓްބޯޅައިގެ ތާރީހުގައި ގުޅިފައި އޮތީ ކުރީގެ ޔޫގޮސްލާވިއާ އަދި ސާބިއާ އެންޑް މޮންޓެނީގްރޯއާ އެވެ. ކުރީގެ ޔޫގޯސްލާވިއާ އިން ވަނީ ދެ ފަހަރު ވޯލްޑް ކަޕްގެ ހަތަރު ވަނަ މަގާމު ހޯދައިފަ އެވެ. އަދި ގިނަ އަހަރުތަކެއްގައި ވޯލްޑް ކަޕްގައި ވާދަކުރި އެވެ. އަދި ޔޫރަޕިއަން ޗެމްޕިއަންޝިޕް (ޔޫރޯ) ފުޓްބޯޅަ މުބާރާތުގައި ހަތަރު ފަހަރު ވާދަކޮށް ދެފަހަރު ފައިނަލުގައި ކުޅުނެވެ. އަދި އެއްފަހަރު ސެމީގައި ކުޅުނެވެ.
ޔޫގޮސްލާވިއާގެ ފަހު ޔޫރޯ މުބާރާތަކީ 2000 ވަނަ އަހަރުގެ މުބާރާތެވެ. ޔޫގޮސްލާވިއާ ރޫޅުމަށް ފަހު، އުފެދުނު ސާބިއާ އެންޑް މޮންޓެނީގްރޯ އިން 2000 ވަނަ އަހަރުގެ ޔޫރޯގައި ވާދަކުރިއިރު، އެ މުބާރާތުގެ ކުއާޓާފައިނަލުގައި އެޓީމުން ކުޅުނެވެ. ސާބިއާ ވަކި ދައުލަތަކަަށް ވީ ފަހުން އެ ގައުމުން މިހާތަނަށް ތިން ވޯލްޑް ކަޕެއްގައި ކުޅުނެވެ. ނަމަވެސް ޔޫރޯ މުބާރާތަކަށް ކޮލިފައި ނުވެއެވެ. މިފަހަރުގެ މުބާރާތަކީ ސާބިއާގެ ނަމުގައި އެގައުމުން ކުޅޭ ފުރަތަމަ ޔޫރޯ މުބާރާތެވެ.
ސާބިއާ މި ފަހަރުގެ ޔޫރޯއަށް ކޮލިފައިވީ ގުރޫޕް ޖީގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. ކޮލިފައިންގައި ސާބިއާ ކުޅުނު އަށް މެޗުން ހަތަރު މެޗުން މޮޅުވި އެވެ. ދެ މެޗުން އެއްވަރުވިއިރު، ދެ މެޗުން ބަލިވިއެވެ. ސާބިއާ އިން ގުރޫޕްގެ ދެވަނަ ހޯދީ 14 ޕޮއިންޓާ އެކު އެވެ. ކޮލިފައިންގައި ސާބިއާ އިން 15 ލަނޑު ޖެހިއިރު، ބައިކޮޅަށް ވަނީ 9 ލަނޑެވެ.
އެލެގްޒެންޑަރ މިޓްރޮވިޗް: ސާބިއާ ޓީމުގެ ތަޖުރިބާކާރު ފޯވަޑް އެލެގްޒެންޑަރ މިޓްރޮވިޗަކީ އެ ޓީމަށް މުހިންމު ކުޅުންތެރިއެކެވެ. ސައުދީ ޕްރޮފެޝަނަލް ލީގުގައި މިހާރު ކުޅެމުން އަންނަ މިޓްރޮވިޗަކީ ފޯވަޑް ލައިނުގައި އެންމެ މުހިންމު ދައުރެއް އަދާކުރާނޭ ކުޅުންތެރިއެކެވެ. ޕްރިމިއާ ލީގުގައި އޭނާ އެންމެ ފުރަތަމަ ފާހަގަވީ ނިއުކާސަލް އިންނެވެ. އޭގެފަހުން ފުލަމް އިންނެވެ. މި ކުލަބުތަކުގައިވެސް ލަނޑު ޖެހުމުގައި އޭނާގެ ދައުރު ބޮޑެވެ. މިޓްރޮވިޗް އަކީ މިހާރުވެސް ސައުދީ ޗެމްޕިއަން އަލް ހިލާލްގެ ފޯވަޑް ލައިނުގެ މައި ތަނބެވެ. ނިމިގެން ދިޔަ ސީޒަނުގައިވެސް ސައުދީ ލީގުގެ ދެވަނައަށް އެންމެ ގިނަ ލަނޑު ޖެހީ އޭނާއެވެ.
މިޓްރޮވިޗް ވަނީ ނިމިގެން ދިޔަ ސީޒަނުގައި އަލް ހިލާލްއަށް 42 މެޗު ކުޅެދީ 39 ގޯލު ޖަހައިދީފައެވެ. މިވަގުތު ވެސް ރަނގަޅު ފޯމެއްގައި ހުރި މިޓްރޮވިޗް ސާބިއާގެ ގައުމީ ޓީމަށް އެންމެ ފުރަތަމަ ކުޅެން ފެށީ 2013 ވަނަ އަހަރެވެ. ސީނިއާ ޓީމަށް ކުޅުމުގެ ކުރިން އޭނާ ވަނީ ސާބިއާގެ 19 އަހަރުން ދަށުގެ ޓީމުގެ އިތުރުން 21 ދަށުގެ ޓީމަށް ވެސް ކުޅެފަ އެވެ. އޭނާ ވަނީ މިހާތަނަށް ގައުމީ ޓީމަށް ކުޅެދިން 89 މެޗުގައި 57 ގޯލު ޖަހައިދީފައެވެ.
ސެރްގޭ މިލިންކޮވިޗް-ސަވިޗް: ސާބިއާ ޓީމުގައި މި ވަގުތު ހުރި އެންމެ އުންމީދީ ކުޅުންތެރިޔަކީ ސެރްގޭ މިލިންކޮވިޗް–ސަވިޗްވެ. ސައުދީ ޕްރޮފެޝަނަލް ލީގުގެ އަލް ހިލާލްއަށް ކުޅެމުން އަންނަ ސަވިޗް ،29، އަކީ މިހާރު ޔޫރަޕްގެ ބޮޑެތި ކްލަބުތަކުގެ ސަމާލުކަން ވެސް ހޯދާފައިވާ ކުޅުންތެރިއެކެވެ. ހިލާލްގައިވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ސަވިޗް އަކީ ސާބިއާގެ މެދުތެރޭގެ މައި ތަނބެވެ. މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ސަވިޗް ގައުމީ ޓީމަށް ކުޅެން ފެށީ 2017 ވަނަ އަހަރެވެ. އޭގެފަހުން މިހާތަނަށް ގައުމީޓީމަށް 49 މެޗު ކުޅެދީ 11 ގޯލު ޖަހައިދީފައިވެއެވެ. މިފަހަރުގެ ޔޫރޯގައި އޭނާގެ ބޭނުން އެ ގައުމަށް ވަރަށް މުހިންމުވާނެ އެވެ.
ސާބިއާގެ ކޯޗު އުމުރުން 59 އަހަރުގެ ޑްރެގަން ސްޓޮޖްކޮވިޗް އަކީ ކޯޗިން ކެރިއަރުގައި މާ ނަން މަޝްހޫރު ކޯޗެއް ނޫނެވެ. ނަމަވެސް ކުޅުންތެރިއެއްގެ ގޮތުގައި މަޝްހޫޜުކަން ހޯދާފައިވެއެވެ. ސްޓޮޖްކޮވިޗް އަކީ 1990 އާއި އަދި 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ގައި ކުޅުނު ޔޫގޮސްލޭވިއާގެ ސީނިއަރ ގައުމީޓީމުގެ ކެޕްޓަނެވެ. ގައުމީ ޓީމުގެ އިތުރުން ކްލަބު ކެރިއަރުގައި ފްރާންސް ލީގާއި ސާބިއާގެ ބައެއް ކްލަބްތަކަށް ވެސް ކުޅެފައިވެ އެވެ.
ސާބިއާގެ ގައުމީ ޓީމާ އެންމެ ފުރަތަމަ ކްރިސްޓަޖިކް ހަވާލުވީ 2021 ވަނަ އަހަރުއެވެ. ސާބިއާ ޓީމުގެ ކޯޗުކަމާއި ހަވާލުވެ، ސްޓޮޖްކޮވިޗް ގެ އެންމެ ބޮޑު ޒިންމާއަކަށް ވީ ޖެހިގެން އައި އަހަރު ގަތަރުގައި އޮތް ވޯލްޑް ކަޕަށް ސާބިއާ ކޮލިފައިކޮށްދިނުމެވެ. އެކަން އޭނާ ފުރިހަމަ ކުރިއެވެ. ނަމަވެސް ވޯލްޑް ކަޕްގައި ސާބިއާއަށް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާއެވެ. ސާބިއާ އެ މުބާރާތުން ވަކިވެގެން ދިޔައީ ކުޅުނު އެއްވެސް މެޗަކުން މޮޅުނުވެވިއެވެ.
އިންގްލެންޑް އަކީ މި ގުރޫޕްގެ ފޭވަރިޓެވެ. އެކަމަކު ސާބިއާ އަކީ ހަމަގައިމު ވެސް އިންގްލެންޑްގެ ފަހަތުން ދެވަނަ ބުރުގެ ޖާގައަކަށް ވާދަކުރާނެ ގައުމެކެވެ. މި ގުރޫޕްގައި ދެން ދެވަނަ ބުރުގެ ޖާގައަކަށް އެންމެ ބޮޑަށް ވާދަކުރާނެ ކަމަށް ބެލެވެނީ ޑެންމާކެވެ. އެހެންކަމުން ސާބިއާ އާއި ޑެންމާކް ބައްދަކުރާ މެޗުގެ ވާދަވެރިކަން ވަރަށް ބޮޑުވާނެ އެވެ.
ބިލްތައް ބޮޑުވީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެފަވާތީ: ސްޓެލްކޯ މިއަދު ޙައްޖުވެރިންނަށް އެއަރޕޯޓުގައި ހުކުރު ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖައްސަވައިފި ސިހުރުގެ ސަބަބުން އާއިލާތައް ރޫޅި، ދެމަފިރިންގެ ޒަވާޖީ ހަޔާތް ބަރުބާދުވޭ: ޚުތުބާ އެންޓީގާ އެންޑް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ