އެމްއޭސީއެލްގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމުގައި ސްޓެލްކޯއިން އެހީތެރިކަން ފޯރުކޮށްދެނީ

އެމްއޭސީއެލްގެ ބޮޑު ސަރަހައްދަކުން މިއަދު ކަރަންޓު
ކެނޑުމާއި ގުޅިގެން އެމްއޭސީއެލްގެ އިންޖިނިއަރިންގ ޓީމަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް
ސްޓެލްކޯގެ އިންޖިނިއަރިންގް ޓީމުން ހަރަކާތްތެރިވާން ފަށައިފިއެވެ.
މިއަދު މިކުރެވުނު ބޮޑު މަސައްކަތް ބައްލަވައި ލައްވާ،
ސްޓެލްކޯގެ އިންޖިނިއަރިންގ ޓީމަށް ހިތްވަރު ދެއްވުމަށްޓަކައި ސްޓެލްކޯގެ މެނޭޖިން
ޑިރެކްޓަރ އަލްފާޟިލް ހުސެއިން ފަހުމީ ވަނީ އެއަރޕޯޓަށް ވަޑައިގެން މަސައްކަތް ހިނގާ
ސަރަހައްދަށް ވަޑައި ގަންނަވާފައެވެ.
އެމްސީއެލް އިން މަޢުލޫމާތު ދެއްވި ގޮތުގައި އެކުން
ފުނީގެ މަޤްޞަދަކީ ސްޓެލްކޯގެ އިންޖިނިއަރިންގ
ޓީމާއި ގުޅިގެން މިހާރު ދޭތެރެ، ދޭތެރެއިން އެއާރޕޯރޓުގެ ކަރަންޓަށް ދިމާވާ
މައްސަލައަށް ދާޢިމީ ހައްލެއް ހޯދޭތޯ މަސައްކަތް ކުރުމެވެ.  
Advertisement
ސްޓެލްކޯގެ އެމްޑީ ފަހުމީ މިއަދު އެއާރޕޯރޓަށް
ވަޑައިގެން އެކުންފުނީގެ އިންޖިނޭރުންގެ މަސައްކަތް ބައްލަވާ ހިތްވަރު ދެއްވި އިރު
އިއްޔެ އެބޭފުޅާ ވަނީ މާލޭ ދޮންއަދަރާދަ މަގުގައި ހުންނަ ސްޓެލްކޯގެ ޕަވާ ހައުސް އެ
ތަނުން ނަގައި، އެ މަގު އާއްމުންނަށް އެއްކޮށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލުމުގެ މަސައްކަތްތައް
ހިނގަމުންދާ ގޮތް ރާއްޖޭގެ ނޫސްވެރިންނަށް ދައްކައިލައި އެމަސައްކަތާއި ގުޅޭ
އެންމެ ފަހުގެ މަޢުލޫމާތު ތައް ހިއްސާ ކުރައްވާފައެވެ.
އަދި ހަމަ އެހެންމެ ފަހުމީ ސްޓެލްކޯގެ އެމްޑީ ކަމާއި
ހަވާލުވެލެއްވި ފުރަތަމަ ދުވަހު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް، މާވެޔޮ މަގު މިސްކިތުގެ
ކަންމައްޗަށް ވާ ގޮތަށް ބަހައްޓާފައި ހުރި ކަރަންޓު ޓްރާންސްފޯމަރު ވެސް މިހާރުވަނީ
އެތަނުން ނަގާ އެސަރަހައްދު ޢާއްމުންނަށް ހުޅުވާލައިފައެވެ.
އެމްސީއެލުގެ އުންމީދަކީ ސްޓެލްކޯގެ އިންޖިނިއަރިންގް
ޓީމުމާއި އެކު މިއަދު އެފެށި މަސައްކަތުން އެއާރޕޯރޓުގެ ކަރަންޓުގެ މައްސަލައަށް
އަވަސް ޑާއިމީ ހައްލެއް ލިބިގެން ދިއުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ