މާލޭގެ އުސް އިމާރާތެއްގެ މަތިން ގެއެއްގެ ފުރާޅުމައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދު 21، ގެ ހައްގުގައި ޒުވާނުން މާލޭގައި ބޯވާރޭގައި ވެސް އެއްވެ، އިންސާފު ނުލިބެނީސް ދޫނުކުރާނެ ކަމަށް ގޮވާލައިފި އެވެ.
ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން ކައިރީ "ދުލެއް ނުކުރާނަން" ނަމުގައި ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ގިނަ އަދަދެއްގެ ޒުވާނުން ސިލްސިލާކޮށް އިހުތިޖާޖުކުރާތާ މިއީ ހަތަރު ވަނަ ރެ އެވެ.
މި އެއްވުމުގައި ވާހަކަ ދެއްކި ޒުވާނަކު ބުނީ ޒުވާނުން މަގުމައްޗަށް ނިކުމެ ތިބީ އިންސާފު ހޯދުމަށް ކަމަށެވެ.
"މިތާ މިތިބަ ޒުވާނުންނަކީ ކޮންމެ ދުވަހަކު އޮފީހަށް ގޮސް ވަޒީފާ އަދާކުރާ މީހުން. ގައުމު ހުއްޓުމެއް ނެތި ގައުމު އެއޮށް ދަނީ ކުރިއަށް. އަޅުގަނޑުމެން ކުރާ މުޒާހަރާއެއްގައި ގައުމެއް ނުހުއްޓޭނެ. އަހަރުމެން ބޭނުންވަނީ އިންސާފު،" ޒުވާނަކު ބުންޏެވެ.
ޒުވާނުން މިރޭ ވެސް ހިފައިގެން ތިބި ބޯޑުތަކުގައި ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ތުހުމަތުވާ ހުރިހާ އެންމެން ހައްޔަރު ކުރުމަށް ވަނީ ގޮވާލައިފަ އެވެ. މީގެ އިތުރުން ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން އަދި ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިސްތިއުފާއަށް ވެސް އިހުތިޖާޖުގެ ބައިވެރިން ދަނީ ގޮވާލަމުންނެވެ.
އިހުތިޖާޖުގެ ބައިވެރިން ކުރި 10 ޑިމާންޑުގެ ތެރެއިން މިހާތަނަށް ފުރިހަމަ ކުރެވިފައި ވަނީ ޕޮލިސް ކޮމިޝަނަރު އަލީ ސުޖާއު އިސްތިއުފާ ދިނުމުގެ އިތުރުން ޔުމްނު ވެއްޓުނު ހާދިސާ މިނިވަންކޮށް ތަހުގީގުކުރުމަށް ކޮމިޝަނެއް އެކުލަވާލުމެވެ.
ޔުމްނު ވެއްޓުނުއިރު އޭނާއާ އެކު އުޅުނު ރައުދު އަހުމަދު ޒިލާލް ފުލުހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ޒުވާނުން މުޒާހަރާ ކުރަން ފެށި ފަހުން، ހާދިސާ ހިނގިތާ ހަ ދުވަސް ވެސް ފާއިތުވި ފަހުންނެވެ.
ބޯވާރޭގައި ވެސް ޔުމްނުގެ ހައްގުގައި ޒުވާނުން ގޮވަމުންދަނީ ދޫނުކުރާނެ ކަމަށް ބޯވާރޭގައި ވެސް ޔުމްނުގެ ހައްގުގައި ޒުވާނުން ގޮވަމުންދަނީ ދޫނުކުރާނެ ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ