ރާއްޖޭގައި އެންމެ ފާހަކޮށްލެވޭ ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނޭ ޝެއިހު އިބްރާހިމް ފަރީދު މިއަދުގެ ވަގުތެއްގައި ނިޔާވެއްޖެ އެވެ.
އާއިލާގެ ފަރާތުން އަދަދުއަށް މައުލޫމާތު ދިން ގޮތުގައި ފަރީދު ނިޔާވީ މިއަދު މެލޭޝިއާގެ ކުއަލަލަމްޕޫރުގަ އެވެ. އެގޮތުން ނިޔާވީ އެއާޕޯޓަށް މަތިންދާބޯޓު ޖެއްސުމަށް ފަހު އެ ބޯޓުން ފޭބި ވަގުތު ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2003 ވަނަ އަހަރު ދީނީ ނަސޭހަތް ދިނުމަށް ޝެއިހު ފަރީދަށް ދޫކޮށްފައި އޮތް ހުއްދަ ވެސް ބާތިލު ކުރި އެވެ.
ޝެއިހު ފަރީދަކީ ރާއްޖޭގެ އިސްލާހީ ހަރަކާތުގައި ވެސް އިސްކޮށް ހަރަކާތްތެރިވި ބޭފުޅެކެވެ. އޭރު ބޭއްވި އެއްވުންތަކުގައި ފަރީދު ތަގުރީރު ވެސް ކުރެއްވި އެވެ.
އޭގެ ތެރެއިން ބައެއް އެއްވުންތަކުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި އޭރުގެ ސަރުކާރުން ޝެއިހު ޖަލުގައި ވެސް ބަންދުކުރި އެވެ. އޮގަސްޓު 12-13 ގެ އެއްވުމުގެ ތެރެއިން ވެސް ހައްޔަރުކޮށް ޖަލުގައި ބަންދުކުރި އެވެ.
ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުންނާއި ޓެރަރިޒަމްގެ ކުށުގެ ދައުވާ ވެސް ފަރީދުގެ މައްޗަށް އުފުފި އެވެ.
ޝެއިހު ފަރީދު ނިޔާވެއްޖެ ޝެއިހު ފަރީދު ނިޔާވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ