ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް މި ރަމަޟާން މަހު ފެނަކައިން ކަސްޓަމަރުންގެ ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓް ދޭން ނިންމައިފިއެވެ.
ފެނަކައިން ބުނީ ރަމަޟާން މަހަކީ ރައްޔިތުން އަސާސީ ހިދުމަތްތަކަށް ކުރާ ހޭދަ ޢާންމު މަސްމަހަށް ވުރެ އެތައް ގުނައެއް އިތުރުވެގެން ދާ މަހެއްގެ ގޮތުގައި އަބަދު ވެސް ފާހަގަ ކުރެވޭ މަހެއް ކަމަށެވެ.
އެހެންކަމުން ރަމަޟާން މަހު ވެސް ރައްޔިތުން ބޭނުންކުރާ ކަރަންޓާއި ފެނަށް ކުރަންޖެހޭ ހޭދަ، އާންމު މަހަކަށްވުރެ އިތުރުނުވާނެ ގޮތަކަށް އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.
އެގޮތުން ޑިސްކައުންޓު ދޭ ގޮތަށް ބަލާއިރު، 2024 ވަނަ އަހަރު އެންމެ ހޫނު ގަދަ ކަމަށް ފާހަގަ ކުރެވުނު ފެބްރުއަރީ، މާރޗް އަދި އޭޕްރީލް މަސް އުނި ކުރުމަށްފަހު، ބާކީ 09 މަހުގެ ފެން އަދި ކަރަންޓު ބިލުގެ އެވަރެޖަށްވާ މިންވަރަށްވުރެ، މި ރަމަޟާން މަހުގެ ކަރަންޓު ބިލާއި ފެންބިލުން އިތުރުވާ މިންވަރު ޑިސްކައުންޓްގެ ގޮތުގައި ހަމަޖެއްސުމާއި، ފާއިތުވި އަހަރުގެ އެވަރެޖާއި މި ރަމަޟާން މަހުގެ ބިލުގެ ފަރަގު، ބިލުގެ 10 އިންސައްތަ އަށްވުރެ ކުޑަ ނަމަ، މުޅި ބިލުން ޖުމްލަ 10 އިންސައްތަ ޑިސްކައުންޓްގެ ގޮތުގައި ހަމަޖެއްސުމާއި، މި ރަމަޟާން މަހުގެ ބިލްގެ ޢޅަދަދު ފާއިތުވި އަހަރުގެ އެވަރެޖަށްވުރެ ކުޑަނަމަ، މުޅި ބިލުން ޖުމްލަ 10 އިންސައްތަ ޑިސްކައުންޓްގެ ގޮތުގައި ހަމަޖެއްސުމަށް ވަނީ ނިންމައިފައެވެ.
އަދި ފެނާއި ކަރަންޓުގެ ހިދުމަތް އަލަށް ހޯއްދަވާ ފަރާތްތަކަށް ރަމަޟާން މަހުގެ ބިލުން 10 އިންސައްތަ ޑިސްކައުންޓްގެ ގޮތުގައި ހަމަޖެއްސުމަށް ވެސް ވަނީ ނިންމައިފައެވެ.
ރައީސްގެ ވައުދުފުޅާ އެއްގޮތަށް ރައްޔިތުންނަށް އިތުރު ލުޔެއް، ފެނާ ކަރަންޓު ބިލުން ޑިސްކައުންޓު ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ