ވިނަރެސް 3 ފުލެޓުން މިއަދު ކަރަންޓް ކެނޑިދާނެ: ސްޓެލްކޯ

ހުޅުމާލެ ފޭސް 2 ގެ ވިނަރެސް 3 ވަނަ ފްލެޓުން މިއަދު 30 މިނެޓަށް ކަރަންޓްގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ. 
ރޭގައި އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ސްޓެލްކޯއިން ބުނީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ވިނަރެސް 3 ވަނަ ފްލެޓްގައި އެ ކުންފުނިން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކުުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. 
އެހެންކަމުން މިއަދު ހެނދުނު 9:00 އިން ހަވީރު 17:00 އާ ދެމެދު، އެ ފްލެޓްގެ ކޮންމެ އެޕާޓްމަންޓަކުންވެސް 30 މިނެޓަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ. 
އަދި އެކަމަށްޓަކައި ދިމާވެ ދާނެ ދަތިތަކަށް އެ ކުންފުނިންވަނީ ކަސްޓަމަރުންގެ ކިބައިން މަޢާފަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ