ނެޓްފްލިކްސްއިން ކުލަގަދަކޮށް ބާއްވާ 'ތުޑުމް' އިވެންޓު އަންނަ މަހު
ނެޓްފްލިކްސްއިން އެ ޕްލެޓްފޯމްގެ ސަޕޯޓަރުންނަށް އަމާޒުކޮށްގެން ވަރަށް ގްރޭންޑްކޮށް ބާއްވަމުން އަންނަ "ތުޑުމް" އިވެންޓު އަންނަ މަހުގެ 31ގައި ބާއްވާ ގޮތަށް ނިންމައިފިއެވެ. ނެޓްފްލިކްސްއިން މި އަހަރުގެ މި އިވެންޓު ލައިވްކޮށް ބޭއްވުމަށް ހަމަޖެހިފައި ވަނީ ލޮސް އެންޖެލިސްގެ ކިއާ ފޯރަމްގައެވެ. މި އިވެންޓު ނެޓްފްލިކްސްއިން ވަގުތުން ދައްކަން ނިންމާފައިވާއިރު ބެލުންތެރިންނަށް މި އިވެންޓު ފެންނާނީ ރާއްޖޭގެ ގަޑިން ހަވީރު ފަހެއް ޖަހާއިރުއެވެ. މި އަހަރުގެ "ތުޑުމް" އިވެންޓުގައި ވެސް ނެޓްފްލިކްސްގެ އެންމެ މަގުބޫލު ފިލްމީ ތަރިންނާ އެކު އެ ޕްލެޓްފޯމްގެ އެންމެ މަގުބޫލު ޓައިޓްލްތައް ހިމެނޭ ލައިވް ހުށަހެޅުންތައް ގެނެސްދިނުމަށް ވަނީ ނިންމާފައެވެ. މިދިޔަ އަހަރު ނެޓްފްލިކްސްއިން ބޭއްވި 'ތުޑުމް' އިވެންޓުގެ ޕޯސްޓަރެއް--ފޮޓޯ/ނެޓްފްލިކްސް އޭގެތެރޭގައި، "އެމިލީ އިން ޕެރިސް"، "ފްރެންކެންސްޓޭން"، "ހެޕީ ގިލްމޯ 2"، "ލަވް އިޒް ބްލައިންޑް"، "ވަން ޕީސް"، "އައުޓާ ބޭންކްސް"، "ސުކިއިޑް ގޭމް" އަދި "ވެނިސްޑޭ" ފަދަ ޓައިޓްލް ހިމެނެއެވެ. ނެޓްފްލިކްސްއިން ގެނެސްދޭ "ތުޑުމް" އިވެންޓަކީ އެ ޕްލެޓްފޯމްގެ ގްލޯބަލް ކޮމިއުނިޓީއަށް އަމާޒުކޮށްގެން ބާއްވަމުން އަންނަ އެންމެ ބޮޑު އެއް އިވެންޓެވެ. ނެޓްފްލިކްސްގެ "ތުޑުމް" އިވެންޓު އެންމެ ފުރަތަމަ ބާއްވާފައި ވަނީ 2020ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. ބްރެޒިލްގައި ބޭއްވި ހަތަރު ދުވަހުގެ އެ އިވެންޓުގައި 50،000އަށް ވުރެ ގިނަ ޒުވާނުން އެކި ދުވަސް މަތިން ވަނީ ބައިވެރިވެފައެވެ. ހަމައެއާއެކު 2023ވަނަ އަހަރު ބޭއްވި "ތުޑުމް" އިވެންޓުގައި 35،000 ސަޕޯޓަރުން ބައިވެރިވިކަން ރިޕޯޓުތަކުން އެނގެން ހުރިއިރު މި އިވެންޓު ވަގުތު ބެލި މީހުންގެ އަދަދު 78 މިލިއަނަށް ވަނީ އަރާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ