އެންމެ ބާރަށް ވިކޭ ގޭމް ކޮންސޯލްއަކަށް ނިންޓެންޑޯ ސްވިޗް 2

ނިންޓެންޑޯ ސްވިޗް 2ގެ ފުރަތަމަ ހަތަރު ދުވަހުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 3.5 މިލިއަނަށް ވުރެ ގިނަ ޔުނިޓް ވިކިފައިވާ ކަމަށް ނިންޓެންޑޯއިން ބުނެފި އެވެ. 
މިއީ މިހާތަނަށް އެންމެ ބާރަށް ވިކޭ ނިންޓެންޑޯ ހާޑްވެއާ އެވެ.
ނިންޓެންޑޯގެ އެމެރިކާ ކުންފުނީގެ ރައީސް އަދި ސީއޯއޯ ޑަގް ބައުސަ ވިދާޅުވީ ނިންޓެންޑޯ ސްވިޗްއަށް ގެނެސްފައިވާ އިތުރު ފީޗާތަކާއި ބަދަލުތަކުގެ ސަބަބުން ފަސޭހަކަމާއި އުފާވެރިކަމާ އެކު ފޭނުންނަށް ގޭމު ކުޅެވޭނެ ކަމަށެވެ.
އޮންލައިން މަޖައްލާ 'ސެންޓްރޯ ލީކްސް' އިން ބުނިގޮތުގައި ސްވިޗް 2ގެ ސޭލްސް ތަފާސްހިސާބުތަކަށް ބަލާއިރު މިއީ މިހާތަނަށް އެންމެ ބާރަށް ވިކެމުން އަންނަ ކޮންސޯލް އެވެ. ސޮނީ ޕްލޭސްޓޭޝަން 5ގެ ފުރަތަމަ މަހު ވިކުނީ 3.4 މިލިއަން ޔުނިޓެވެ. އަދި ޕްލޭސްޓޭޝަން 4 ނެރުނު އިރު ފުރަތަމަ 16 ދުވަހުގެ ތެރޭގައި ވިކުނީ 2.1 މިލިއަން ޔުނިޓެވެ.
ދުނިޔޭގައި ވީޑިއޯ ގޭމް ކޮންސޯލް އުފައްދާ އެންމެ ބޮޑު ތިން ކުންފުނީގެ ތެރޭގައި ނިންޓެންޑޯ ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ