އައްޑޫ ސިޓީގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފަށަން ތައްޔާރުވަނީ މަގުބޫލު ލިޔުންތައް ގއ. އަތޮޅު ހޮސްޕިޓަލުން މާބަނޑު އަންހެނަކަށް އެކަށީގެންވާ ފަރުވާ ނުލިބި، ދަރިފުޅާއި މަންމަ ނިޔާވެއްޖެ ފުވައްމުލަކުގެ ސްކޫލެއްގެ އިނާމު ދިނުމުގެ ޖަލްސާ ބާއްވަން 3 ގަޑިއިރަށް

އަންނަ އަންގާރަ ދުވަހުން ފެށިގެން އާރުޓީއެލް ފެރީ ތަކަންދުއާއި މާރަންދޫއަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާކަމަށް މިނިސްްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ވިދާޅުވެއްޖެއެވެ.
މިއަދު އެކްސްގައި މިނިސްްޓްރީން ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރައީސްގެ ވަޢުދުފުޅާއެއްގޮތަށް އާރް.ޓީ.އެލް ފެރީ ދަތުރުތަކުގެ ހއ.އިހަވަންދޫ– ހދ.ކުޅުދުއްފުށި ރޫޓުގައި ހއ.ތަކަންދޫ އަދި ހއ.މާރަންދޫ ހިމަނާފައިވާކަމަށެވެ. އަދި އަންނަ އަންގާރާ ދުވަހުން ފެށިގެން ދަތުރުތައް ފެށުމުގެ އިންތިޒާމް ހަމަޖެހިފައިވާކަމަށެވެ.
އަންނަ ރަމަޟާންމަހުގެ ކުރިން އާރުޓީއެލް ފެރީ ތަކަންދުއާއި މާރަންދޫއަށްވެސް ދަތުރުކުރާ ގޮތް ހައްދަވާދެއްވާނެކަމަށް ރައިސުލްޖުމްހޫރިއްޔަ ވިދާޅުވެފައިވަނީ މިދިޔަ މަހު ތިލަދުންމަތީ އުތުރުބުރިއަށް ކުރެއްވި ދަތުރުފުޅުގެތެރެއިން ތަކަންދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ރާއްޖޭގެ ރަށްތައް ދަތުރުފަތުގެ ނިޒާމުން ގުޅާލުމުގެ މަސައްކަތް އެމްޓީސީސީއާއި ޙަވާލުކޮށްގެން ކުރިއަށްދަނީ 6 ޒޯނަކަށް ބަހާލައިގެންނެވެ. ތަކަންދުއާއި މާރަންދޫއަށް ދަތުރު ފެށުމުން ރާއްޖޭގެ 9 އަތޮޅެއްގެ 81 ރަށް އާރުޓީއެލް ފެރީގެ ޚިދުމަތުން ގުޅާލެވުނީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ