މާލޭ ފިހާރައަކަށް ވަދެ އެ ތަނުގެ ސޭޓަށް ތޫނު އެއްޗަކުން ބިރު ދައްކައި ފައިސާ އާއި ސިނގިރޭޓު އިއްޔެ ފޭރިއްޖެ އެވެ.
ވީ ކިހިނެއް؟ - ފުލުހުން މިއަދު ބުނީ އިއްޔެ ހެނދުނު 9:25 ހާއިރު މާފަންނުގައި ހުންނަ ފިހާރައަކަށް ދެ މީހަކު ވަދެ، އެ ތަނުގެ ސޭޓަކަށް އިން ބިދޭސީ މީހާއަށް ތޫނު އެއްޗަކުން ބިރު ދައްކައި ފޭރުނު މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ތަފްސީލް - އެނގިފައިވާ ގޮތުގައި، އެ މީހުން ވަނީ އިއްޒުއްދީން މަގުގައި ހުންނަ 'އޮން ދަ މޫވް' ފިހާރައަށެވެ.
ސޭޓަށް ބިރު ދައްކައި ފޭރުނު ތަކެތީގެ ތެރޭގައި ސިނގިރޭޓާއި ފައިސާގެ އިތުރުން އެހެން މުދާ ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ބަޔަކު ހައްޔަރު ކުރި ކަމަކަށް ފުލުހުން ނުބުނެ އެވެ.
ތޫނު އެއްޗަކުން ސޭޓަށް ބިރު ދައްކައި ފައިސާ އާއި ސިނގިރޭޓު ފޭރިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ