ޔުމްނު ކޮމިޝަންގެ ރިޕޯޓް އާންމުކުރަން ރައީސް އަންގަވައިފި

ރައީސް ވަނީ އެ ރިޕޯޓު ލިބިވަޑައިގެންފައިވާ ކަމަށާއި، ރިޕޯޓު އެއްކޮށް އާންމުކުރުމަށް އަންގަވާފައިވާ ކަމަށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފަ އެވެ.
ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާއިން ގުދަނެއްގެ ފުރާޅު މައްޗަށް އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓް އާންމު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.
ގާނޫނުއަސާސީން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ޔުމްނު ވެއްޓުނު މައްސަލައިގެ އިންކުއަރީއެއް ހެދުމަށް މިދިޔަ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު އުފެއްދެވި ހާއްސަ ކޮމިޝަނުން މިއަދު ވަނީ އެ ކޮމިޝަނާ ހަވާލުކުރި މަސައްކަތް ނިމިފައިވާ ކަމަށް ބުނެފަ އެވެ. އަދި އެ ރިޕޯޓް ރައީސާއި ހަވާލުކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. ރައީސް ވަނީ އެ ރިޕޯޓު ލިބިވަޑައިގެންފައިވާ ކަމަށާއި، ރިޕޯޓު އެއްކޮށް އާންމުކުރުމަށް އަންގަވާފައިވާ ކަމަށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފަ އެވެ.ރައީސް މި ކޮމިޝަން އުފައްދާފައި ވަނީ، ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއް ކުރުމަށެވެ. އަދި، އެ ހާދިސާގެ ހަގީގަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާ ގޮތުގެ ތަހުގީގެއް އިންސާފުވެރިކަމާއި އަދުލުވެރިކަމާއެކީ ކުރުމަށްކަމުގައި ރައީސްގެ ގަރާރުގައި ބަޔާންކޮށްފައިވެ އެވެ.ޔުމްނު ވެއްޓުނު މައްސަލައިގައި ހައްޔަރު ކުރި ނަމަވެސް މިހާރު ދޫކޮށްލާފައިވާ ރައުދު އަހުމަދު ޒިލާލްގެ މައްޗަށް މިހާރު ވަނީ ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފަ އެވެ. އޭނާ އަކީ ޔުމްނު ވެއްޓުމުގެ ކުރިން ފެންޓެނޯއީ ގޭގެ ސިޑިމަތީގައި އުޅުނު ޒުވާނާ އެވެ. އޭނާގެ މައްޗަށް އޮތީ ޔުމްނު ވެއްޓުމުން އަޅާނުލުމުގެ ތުހުމަތެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ