ހިޔާ ފްލެޓުުގެ ކަރަންޓު ކޭބަލްތަކެއް ހަލާކުވެއްޖެ، މަރާމާތަށް ވަގުތު ނަގާނެ

ހުޅުމާލެ 2 ގެ ހިޔާ ޓަވަރުތަކުން މިއަދު ހެނދުނު ކަރަންޓުގެ ހިދުމަތް ކެނޑުނީ އެ ޓަވަރުތަކަށް ކަރަންޓު ދިނުމަށްޓަކައި އަޅާފައިވާ މައި ކޭބަލަކަށް ލިބުނު ގެއްލުމަކުން ކަމަށާއި އެ މައްސަލަ ހައްލު ކުރަން ގިނަ ވަގުތުތަކެއް ނަގާނެ ކަމަށް ސްޓެލްކޯ އިން ދެންމެ ބުނެފި އެވެ.އެ ކުންފުނިން ބުނީ، އެހެން ކޭބަލެއް މެދުވެރިކޮށް ފްލެޓުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި، އެކަމަށް ދެ ގަޑިއިރު ހޭދަވާނެ ކަމަށް ބެލެވޭ ކަމަށެވެ.ހިޔާ ޓަވަރުތަކަށް ކަރަންޓު ދޭ މައި ކޭބަލެއް ހަލާކުވެފައި ވަނީ އެ ސަރަހައްދުގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ބަޔަކު ކޮނުމުގެ ތެރޭގައި ލިބުނު ގެއްލުމުގެ ސަބަބުންނެވެ.ހިޔާ ޓަވަރުތަކުން ކަރަންޓު ކެނޑުނުތާ މިހާރު 3 ގަޑިއިރަކަށްވުރެ ގިނައިރު ވަނީ ވެފަ އެވެ.ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ 25 ބުރީގެ 16 ޓަވަރުގައި ވިއްސަކަށް ހާސް މީހުން ދިރިއުޅެ އެވެ. ކޮންމެ ޓަވަރެއްގައި 3-4 ލިފްޓް ހުންނައިރު މިއަދު ކަރަންޓު ކެނޑުނު ވަގުތު ޓަވަރު އެކެއްގެ ލިފްޓެއްގައި ތިބި ބަޔަކު ގަޑިއެއްހާއިރަށް ތާށިވި އެވެ. އެ މީހުން ލިފްޓުން ނެރުނީ ލިފްޓްތައް ސާވިސް ކުރާ މީހުންގެ އެހީތެރިކަމާއެކު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ