ތިމާވެށި ހިމާޔަތްކުރުމަށް ކޮންމެ އަހަރަކު ހަތް މިލިއަން ރުފިޔާ ގްރީން ފަންޑުން ޚަރަދުކުރަނީ

ރައީސްގެ ޚިޠާބުގައި ވިދާޅުވީ، ތިމާވެށި ހިމާޔަތްކުރުމުގައި ޒަމާނުންސުރެ ކުރިމަތިވަމުންދާ އެންމެ ބޮޑު ހުރަހަކީ އެކަށީގެންވާ މާލީ ވަސީލަތްތައް ނުލިބުން ކަމަށެވެ. އެހެންކަމުން، އަލަށް ކަނޑައެޅުއްވި މި ފައިސާއަކީ ކޮންމެ އަހަރަކު އާންމުކޮށް ތިމާވެށީގެ ދާއިރާއަށް ކަނޑައަޅާ ބަޖެޓުގެ އިތުރުން ޚަރަދުކުރެވޭނެ ފައިސާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި ނިންމެވުމާއެކު ގްރީން ފަންޑުން ތިމާވެށްޓަށް ދޭ އަހަންމިއްޔަތުކަން އާ ހަރުފަތަކަށް އުފުލިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޚިޠާބު ނިންމަވާލައްވަމުން ރައީސް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް އަމަލީ ގޮތުން މަސައްކަތް ކުރުމަށްޓަކައި ދިރިއުޅުމުގެ އާދަކާދަތަކަށް ބަދަލު ގެނެސް، އެންމެން ގުޅިގެން މަސައްކަތްކުރުން މިހާރު މަޖުބޫރުވެފައިވާ ކަމަށެވެ. އަދި މި ފެށުނު އާ މަޝްރޫއުގެ ސަބަބުން ތިމާވެށި ހިމާޔަތްކުރުމުގެ ދުރުރާސްތާގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް މަގުފަހިވާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ