މިހާރު ކުރިއަށްދާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުގައި ރާއްޖެއާ ވާދަކޮށް 1-1 އިން އެއްވަރުވެ، ބަންގްލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމު މުބާރާތުން ކަޓައިފިއެވެ.
ބަންގްލަދޭޝް ކެޓުމާއެކު، ފައިނަލުގެ ފަހު ޖާގަ ލިބުނީ އަފްޣާނިސްތާނަށެވެ. މުބާރާތުގެ ފައިނަލުގައި އަފްޣާނިސްތާން ބައްދަލުކުރާނީ އެއްވަނަ ހޯދި ޕާކިސްތާނާއެވެ. ރާއްޖެއަށް ތިން މެޗުން ލިބުނީ އެންމެ ޕޮއިންޓަކާއެކު ތާވަލުގެ އެންމެ ފުލެވެ.
މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބަންގްލަދޭޝްގެ ކޯޗު މައުރޫފުލް ހައްގު ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އޭނާ ބުނި ގޮތުގައި މި މުބާރާތުގެ ހަގީގީ ޗެމްޕިއަނަކީ ބަންގްލަދޭޝްއެވެ. އަދި އެ ޓީމަށް ކާމިޔާބު ނުލިބުނީ ފުރަތަމަ މެޗުން ފެށިގެން ރެފްރީން ގަސްދުގައި އެ ޓީމާ ދެކޮޅަށް ނާއިންސާފުން ނިންމުންތައް ނިންމަމުންދިއުމުން ކަމަށް އޭނާ ތުހުމަތުކުރިއެވެ.
މީގެ އިތުރުން، 2015 ވަނަ އަހަރުގެ ދިވެހި ޓީމާ އަޅާބަލާއިރު މިހާރުގެ ރާއްޖޭގެ ޓީމުގެ ފިޓްނަސްއާއި ޓެކްޓިކަލް ފެންވަރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށްވެސް ކޯޗު ފާހަގަކުރިއެވެ.
މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ދަނޑުމަތީގައި ބޮޑު ހަމަނުޖެހުމެއް ހިނގައި، ބަންގްލަދޭޝްގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދައްކާފައިވެއެވެ. އަދި ސަޕޯޓަރުން ދަނޑަށް އަރައި މާރާމާރީ ހިންގުމުން ކަންކަން ކޮންޓްރޯލް ކުރަން ފުލުހުންނަށް ޖެހުނުއިރު، ރެފްރީން ދަނޑުން ބާލަންޖެހުނީ ސެކިއުރިޓީގެ އެހީގައެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން ބަންގްލަދޭޝްގެ ކޯޗު މާފަށް އެދުނުއިރު، ރާއްޖޭގެ ކޯޗު އިސްތަވާން އުރްބާނީ ވެސް ވަނީ ދިވެހި ކުޅުންތެރިންނާއި އޮފިޝަލުންގެ ފަރާތުން ފެނުނު ބައެއް އަމަލުތައް ބަލައިނުގަނެވޭނެ ކަމަށް ބުނެފައެވެ.
މިހާރުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުން އެއްވެސް ކުރިމަގެއް އޮތް ކަމަކަށް ނުފެނޭ: ޔާމީން ޒަމީރު އިސްތިއުފާ ދެއްވީ ސިއްހީ ހާލަތު ހުރި ގޮތުން، ރައީސް އަންގަވައިގެނެއް ނޫން: މުންދު “މައުލޫމާތު އާންމުކުރުމަކީ ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރިއެރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ