ކުށްވެރިންނަށް އަދަބު ދިނުމުގެ ބަދަލުގައި އެކަމަށް ބޭނުންވާ ފަރުވާއަށް އިސްކަންދޭން ޖެހޭ ބީއެމްއެލް ކާޑުތަކުން އޮންލައިންކޮށް ވިޔަފާރިކުރެވޭ ޑޮލަރު ލިމިޓު އިތުރުކޮށްފި ސިނގިރޭޓާއި ބިޑީގެ ޑިއުޓީ ހަތަރު ރުފިޔާއަށް ދަށްކުރާ ބިލް ތަސްދީގުކޮށްފި އައްޑޫ “މައިލޯ

ވ. ތިނަދޫ ކައުންސިލްގެ ރައީސް އަލީ ޝުޖާއު، އޭނާ އިންތިޚާބުވި ޕާޓީ ދޫކޮށް އެހެން ސިޔާސީ ޕާޓީއަކާ ގުޅުމާ ގުޅިގެން، އޭނާގެ ކައުންސިލް ގޮނޑި ގެއްލިފައިވާ ކަމަށް އެލްޖީއޭ އިން ކަނޑައަޅައިފިއެވެ.
އެލްޖީއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މިދިޔަ އެޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި “ދަ ޑިމޮކްރެޓްސް” ގެ ޓިކެޓުގައި ވާދަކޮށް ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވި ޝުޖާއު، ކައުންސިލްގެ ދައުރު ފެށުނު ފަހުން މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހު އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަން (އީސީ) ގައި ދަފްތަރުވެފައިވާކަން އެ ކޮމިޝަނުން އަންގާފައިވާ ކަމަށެވެ.
ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ކައުންސިލަށް އިންތިހާބުވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި އެހެން ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ނަމަ އެ މީހެއްގެ މަގާމު ގެއްލޭއިރު އެލްޖޭއޭ އިން ބުނީ މިދިޔަ އަންގާރަ ދުވަހު ބޭއްވި އެ އޮތޯރިޓީގެ ބޯޑު ބައްދަލުވުމުގައިޝުޖާއު ކައުންސިލްގެ ރައީސްކަމުގެ މަގާމުން ވަކިވެއްޖެ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެ ގޮނޑި މިހާރު ހުސްވެފައިވާކަން އީސީއަށް އެންގުމަށް ނިންމާފައިވާކަން އެލްޖީއޭ އިން ވަނީ ފާހަގަކޮށްފައެވެ.
މި މައްސަލާގައި ގޮތެއް ނިންމުމުގެ ކުރިން، މިދިޔަ މަހުގެ ކުރީކޮޅުން ފެށިގެން ޝުޖާއު ހުރީ ސަސްޕެންޑް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ