ފަރަންސޭސްވިލާތުގެ ފްރެންޗް ބީ އެއާލައިނުން ރާއްޖެއަށް ދަތުރު ފަށަނީ

ފަރަންސޭސިވިލާތުގެ ބަޖެޓު އެއާލައިނެއް ކަމަށްވާ "ފްރެންޗް ބީ" އިން މި އަހަރުގެ ފަހުކޮޅު، އެ އެއާލައިންގެ ފިނިމޫސުމުގެ ޝެޑިއުލް ފުޅާކުރުމުގެ ބައެއްގެ ގޮތުން ދިވެހިރާއްޖެއަށް ދަތުރުތައް ފެށުމަށް ނިންމައިފި އެވެ.
ފްރެންޗް ބީ އާ ހަވާލާދީ މީޑީއާ ރިޕޯޓުތަކުގައި ބުނެފައި ވަނީ، ރާއްޖޭގެ އިތުރުން އަވައްޓެރި ލަންކާއަށް ވެސް ދަތުރުތައް ފަށާނެ ކަމަށެވެ. މި ދަތުރުތައް ފަށަން ތާވަލުކޮށްފައި ވަނީ މި އަހަރުގެ ޑިސެމްބަރު 18 ގައި އެވެ.
މިއީ ސީޒަނަލްކޮށް، ޑިސެމްބަރުން ފެށިގެން އަންނަ އަހަރުގެ މޭ މަހުގެ ނިޔަލަށް ޝެޑިއުކޮށްފައިވާ ދަތުރުތަކެކެެވެ.
ފްރެންޗީ ބީގެ ސީއީއޯ މާކް-އެންޓޮއިން ބުނެފައި ވަނި ލަންކާ އާއި ރާއްޖެއަށް ދަތުރުތައް ފުޅާކުރަރަނީ ލޯންގް ޑިސްޓެންސް ލެޝާ މާކެޓުތަކުގައި އެ އެއާލައިނުގެ ހިއްސާ ވަރުގަދަކުރަން ގެންގުޅޭ ސްޓެރަޓީޖެ ދަށުން ކަމަށެވެ. 
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ފަރަންސޭސިވިލާތަކީ މިހާރު ރާއްޖެއަށް ހަތް ވަނައަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމެވެ. މި އަހަރުގެ މިހާތަނަށް ފަރަންސޭސިވިލާތުން 29،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވެ އެވެ. އެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ