ބ. އަތޮޅު ބޮޑު ފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރުމަށް އޮޅުވާލައިގެން ރާއްޖެއަށް ބިދޭސީން އެތެރެކޮށް، އެ މީހުންނަށް މުސާރަ ނުދީ މަސައްކަތް ކުރުވި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ މައްޗަށް ހިއުމަން ޓްރެފިކިންގެ ދައުވާ އުފުލައިފި އެވެ.
ބ. ތުޅާދު އާ އެއްފަޅެއްގައި އޮންނަ ބޮޑުފިނޮޅުގައި މުސާރަތައް ނުދީ 200 އެއްހާ ބިދޭސީން ލައްވާ މަސައްކަތް ކުރުވާތާ އެތައް މަސްތަކެއް ވީފަހުން، އެ ބިދޭސީން ވަނީ ރަށުގައި މުޒާހަރާކޮށް ހަމަނުޖެހުން ހިންގާފައެވެ. އަދި އޭގެ ތެރެއިން ރަށުގައި އެވަގުތު ތިބި ދިވެހިންތަކެއް ވެސް ރަހީނުކުރިއެވެ.
ބިދޭސީންނަށް މުސާރަ ނުދެވި ލަސްވި މައްސަލައިގައި ރިޒާ ވިދާޅުވީ، ކުންފުންޏަށް ލިބެންޖެހޭ ފައިސާތަކެއް ނުލިބި ލަސްވަމުން ދާތީ މާލީ ގޮތުން ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އަދި އެ ފައިސާ ހޯދުމަށް މަސައްކަތް ކުރި ނަމަވެސް ލިބޭ ގޮތެއް ނުވިކަމަށް މައުލޫމާތު ދިނެވެ.
މައްސަލައިގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރިއިރު، ރިޒް ކުންފުނިން ބުނަމުން ދަނީ ބިދޭސީންނަށް މުސާރަ ދޭންޖެހެނީ ސީލް މޯލްޑިވްސްއިން ކަމަށެވެ. ނަމަވެސް ސީލްއިން އެކަމަށް އިންކާރު ކުރެއެވެ. އަދި ވަނީ ފައިސާ ދީފައިވާނެކަމަށް ވެސް ބުނެފަ އެވެ.
ÞÞ¨ÞÞ¬ÞÞ¨ÞÞ° ÞÞ¦ÞÞ©ÞÞªÞÞ®ÞÞ° ÞÞ¦ÞÞ¦ÞÞªÞÞ¬ÞÞªÞÞ° ÞÞ¨ÞÞ°ÞÞ¦ÞÞªÞÞ° ÞÞ¨ÞÞ¦ Þ. ÞÞ®ÞÞªÞÞ¨ÞÞ®Þ
ÞªÞÞ¦ÞÞ¨ ÞÞ¨ÞÞÞÞ© ÞÞªÞÞ¦ÞÞ°ÞÞ¦ÞÞªÞÞ° ÞÞ¦ÞÞ¦ÞÞªÞÞ¬ÞÞªÞÞ° ÞÞ¨ÞÞ°ÞÞ© ÞÞ¦ÞÞªÞÞ¬ ÞÞ¨ÞÞ¬ÞÞ®ÞÞ¦ÞÞª ÞÞ¦ÞÞ¨ÞÞ§ ÞÞªÞÞÞÞ© ÞÞ¦ÞÞ¦ÞÞ° ÞÞªÞÞ¬ ÞÞ¨ÞÞ° ÞÞªÞÞ°ÞÞªÞÞ©ÞÞ¬ ÞÞ§ÞÞ«ÞÞ© ÞÞ¦ÞÞ©ÞÞªÞÞ° ÞÞ¬ÞÞªÞÞª ÞÞ¦ÞÞ§ÞÞ¦ÞÞ° Þ…
ބޮޑު ފިނޮޅުގެ މައްސަލައާއި ގުޅިގެން ރިޒް ކުންފުންޏާއި، ސީލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑު އެއް ކުންފުނި އަނެއް ކުންފުންޏަށް ތުހުމަތުތަކެއް ކުރި އެވެ. ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީކުރުމަށް ސީލް މޯލްޑިވްސްއަށް ދޫކުރި ނަމަވެސް، ރަށުގައި ކޮންޓްރެކްޓަރުގެ ހައިސިއްޔަތުން މަސައްކަތް ކުރަނީ ރިޒް ކުންފުނިންނެވެ. ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުންތަކެއް ވެސް ގާއިމްކޮށްފައިވާއިރު، އެއްބަސްވުމުގެ ދަށުން މަސައްކަތްތަކުގެ ހުރިހާ އިންތިޒާމެއް ބަލަހައްޓަން ޖެހެނީ ރިޒް ކުންފުނިންނެވެ.
މި މައްސަލައިގައި ދައުވާކޮށްދޭން އެދި ފުލުހުން ޕީޖީއަށް ފޮނުވީ މިދިޔަ ފެބްރުއަރީ މަހު އެވެ. މައްސަލައިގައި މައުލޫމާތުތައް ހިއްސާކޮށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ ރިސޯޓު ހެދުމަށް މަކަރާއި ހީލަތުން ބިދޭސީން ރާއްޖެ އެތެރެކޮށް އަދި ޓްރެފިކް ކޮށްފައިވާ ކަމަށް ބެލެވޭ ބިދޭސީ މަސައްކަތްތެރިން އެހެން ރަށްތަކުން ހޯދައި ރިޒް ކުންފުނީގެ ބެލުމުގެ ދަށުން އެއް ރަށުން އަނެއް ރަށަށް ގެންގޮސްފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
މީގެ އިތުރުން ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުންދިޔަ މީހުންނަށް މުސާރަ އާއި އުޖޫރަ ނުދީ ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރުވައި، އޭގެ ތެރެއިން މުސާރަ އާއި އިނާޔަތް ހޯދަން އަޑު އުފުލި މީހުންނަށް ބިރުދައްކައި ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް ވެސް ރިޒާގެ މައްޗަށް ތުހުމަތު ކުރެވޭ ކަމަށް މީޑިއާތަކަށް ފޮނުވި މެސެޖުގައި ޝަފީއު ވިދާޅުވި އެވެ. އަދި ބޮޑުފިނޮޅުގައި މަސައްކަތުގައި ދެމިތިބުމަށް ރިޒާ އެ މީހުންނަށް މަޖުބޫރުކޮށް، ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ފީ އާއި މަސައްކަތްތެރިންގެ ހައްގުތަކާ ގުޅިފައިވާ އެހެން ފީ އާއި ފައިސާ ނުދައްކައި އެ މީހުންގެ ހައްގު ނިގުޅައިގެންފައިވާ ކަމަށެވެ.
މި މައްސަލައިގައި ރިޒާގެ މައްޗަށް އުފުލާފައިވަނީ، މީހުން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އާއި އަދުލު އިންސާފު ގާއިމް ކުރުމުގެ ހުރަސްއެޅުމުގެ ކުށުގެ ދައުވާ އެވެ. ރިޒާގެ އިތުރުން، ދެން ދައުވާ އުފުލާފައިވަނީ ށ. މިލަންދޫ، ރެޑްރޯސް، ނަސްރުﷲ އުސްމާނާއި ނ. މާފަރު، ބްލާސަމްގެ، ހަސަން އުމަރުގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުރަނީ މީހުން ޓްރެފިކް ކުރުމުގެ ކުށުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.
ބޮޑުފިނޮޅު މައްސަލައިގައި މެމްބަރު ރިޒާގެ މައްޗަށް ހިއުމަން ޓްރެފިކިން ދައުވާ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ