ސަރުކާރުގެ ފުރަތަމަ 9 ހަފުތާގެ ތެރޭގައި "އައިވީއެފް ޓްރީޓްމަންޓް" ހިމެނޭހެން ދަރިމައިވުމާ ގުޅޭ ފަރުވާގެ ޚިދުމަތްތަކަށް މިހާރު އާސަންދަ ހަމަޖައްސައިފައިވާ ކަމަށް ހެލްތް މިނިސްޓަރު އަބުދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިިނިސްޓަރު ނާޒިމް މިއެން ވިދާޅުވީ އަސްލު ޓީވީއަށް ދެއްވި ޚާއްސަ އެކްސްކްލޫސިވް އިންޓަވިއުއެއްގައެވެ.
މިނިސްޓަރު ވިދާޅުވީ ޕްރިވެންޓިވް ހެލްތު ކެއަރ ނިޒާމު ފުޅާކޮށް، ހަރުދަނާކުރުމަށް ބޭނުންވާ ހާއްޞަ ޕުރޮގުރާމުތައް ތަންފީޒުކުރުމަށް މިއަހަރަށް ޚާއްޞަ ބަޖެޓެއް ހަމަޖެއްސިއިރު ސަރުކާރުގެ ފުރަތަމަ 9 ހަފުތާގެ ތެރޭގައި، "އައިވީއެފް ޓްރީޓްމަންޓް" ހިމެނޭހެން ދަރިމައިވުމާ ގުޅޭ ފަރުވާގެ ޚިދުމަތްތަކަށް އަދި އަންހެނުންނަށް ދިމާވާ ޞިއްޙީ ބައެއް ޚާއްޞަ ހާލަތްތަކާ ގުޅޭ ފަރުވާތަކަށްވެސް އާސަންދަ ހަމަޖައްސައިދޭން ފަށާފައިވާ ކަމަށާއި އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ވެސް މި ދާއިރާއަށް މުހިއްމު ކަންތައްތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.
އެގޮތުން ބަޖެޓުގައި ފާހަގަކޮށްލެވޭ ސިއްހީ ދާއިރާއަށް ހާއްސަކޮށްފައިވާ މަޝްރޫއުތަކުގެ ތެރޭގައި ކެންސަރުގެ ފަރުވާއަށް ހާއްސަ ހޮސްޕިޓަލަކާއި މެންޓަލް ހެލްތު ހޮސްޕިޓަލެއް ގާއިމުކުރުން ހިމެނެއެވެ. އަދި އެކިރަށްރަށުގައި ހެލްތު ސެންޓަރުތަކާއި ހޮސްޕިޓަލުތަކުން ލިބޭ ހިދުމަތްތައް ފުޅާކުރުމާއެކު އެތަންތަން ތަރައްގީކުރުމަށްވެސް ބަޖެޓުގައި އިސްކަންދީފައިވާ ކަމަށް މިނިސްޓަރު ވިދާލުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ނާޒިމް ވީދާޅުވީ ތެލެސީމިއާ ކުދިންނަށް ފަރުވާދޭނެ ޚާއްސަ ހޮސްޕިޓަލެއް މިދައުރުގެ ތެރޭގައި ހުޅުމާލޭގައި ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވަޢުދުފުޅާއެއްގޮތަށް ތަރައްޤީކުރާ ހޮސްޕިޓަލު ތަރައްޤީކުރުމަށް ފަހުމުނާމާގައި މެލޭޝިޔާގެ ކުންފުންޏާކާއެކު މިދިޔަ އޮކްޓޫބަރު މަހު ވަނީ ސޮއި ކޮށްފައިވާ ކަމަށެވެ.
ވިލިމާލެ ހޮސްޕިޓަލްގެ ޚިދުމަތް ފުޅާކުރުމަށްޓަކައި 100 އެނދުގެ އައު ހޮސްޕިޓަލް އަޅަން ޑިޒައިން ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން ސަރުކާރު ބަދަލުވިތާ މާގިނަ ދުވަހެއް ނުވެ ކުއްލި ޙާލަތްތަކުގައި ބަލިމީހުންނަށް ފަރުވާދިނުމަށްޓަކައި މާލެއާއި ވިލިމާލެއާ ދެމެދު ސީ އެންމެބިއުލާންސްގެ ޚިދުމަތް ފެށިގެންދިޔައެވެ. ޖެނުއަރީ މަހު ފެށުނު އެންބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދޭއިރުވެސް، އަދި ހޮސްޕިޓަލްގެ ޚިދުމަތް ފޯރުކޮށްދޭއިރުވެސް ބޭނުންވާ ޚިދުމަތްތަކާއި ދިމާވާ ދަތިތައް ހިއްސާކުރުން މުހިންމު ކަން މިނިސްޓްރީން ފާހަގަކުރެއެވެ.
މީގެ އިތުރުން ފާއިތުވި 1 އަހަރުގެ ތެރޭގައި ރާއްޖެއަކީ ހެޕަޓައިޓިސް ބީ ކޮންޓްރޯލް ކުރެވިފައިވާ ޤައުމެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައިވާއިރު ރާއްޖެއަށް ބޭސް އެތެރެކުރުމުގައި ހުރި ދަތިތައް ހައްލުކުރުމަށް މާލީ ވުޒާރާއިން ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާއެކު އެއްބަސްވުމެއްގައި ވެސް ސޮއި ކޮށްފައިވެއެވެ.
ސިއްހީ ނިޒާމު ހަރުދަނާކޮށް، ދުޅަހެޔޮ ސިއްހަތެއްގެވެރި މުޖުތަމައުއަކަށް މިގައުމު ހެދުމަށްޓަކައި މި ސަރުކާރުން ފެށި މަސައްކަތުގެ ދަށުން ރާއްޖޭގެ ކޮންމެ މީހަކަށް އަހަރަކު 2 ފަހަރު ހިލޭ އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމު މިވަނީ ހުޅިވިފައެވެ. ސަރުކާރުގެ ޞިއްޙީ ފަރުވާ ދޭ ކޮންމެ ހޮސްޕިޓަލަކުންވެސް މެޑިކަލް ޗެކަޕް ހެދޭނެއެވެ. މި އިންތިޒާމުގެ ތެރެއިން އުމުރުން 40 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ކެންސަރ ސްކްރީންކުރެވޭނެ އިންތިޒާމްވަނީ ހަމަޖައްސާފައެވެ. އަދި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޤާނޫނީ އިމުގެ ތެރެއިން މަސައްކަތްކުރުމުގެ ބާރުވެރިކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ލިބިދޭ "ކާބޯތަކެތި ރައްކާތެރިކުރުމުގެ ޤާނޫނު" ތަންފީޒުކުރަން ވެސް ވަނީ ފަށާފައެވެ.
މި ސަރުކާރަށް 1 އަހަރުވީ އިރު ރާއްޖޭގެ ސިއްހީ ދާއިރާއަށް ވަނީ އިންގިލާބީ ހެޔޮ ބަދަލެއް ގެނަސްދީފައެވެ. މިއީ މިއަދު ދިވެހި ހުރިހާ ރައްޔިތުންވެސް ގަބޫލުކުރާ ހަގީގަތެކެވެ.
އައިވީއެފް ޓްރީޓްމަންޓް އާސަންދައިން ލިބޭނެ: މިނިސްޓަރު ނާޒީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ