ދިރާގު ޕްރޮމޯޝަނުގެ ނަސީބުވެރިޔާއަށް ބޯޓު ހަވާލުކޮށްފި

ދިރާގުން ކުރިއަށްގެންދިޔަ ފޯރިގަދަ 'ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަންގެ ދަށުން ދިން ދެވަނަ ސްޕީޑްބޯޓުގެ ނަސީބުވެރިޔާއަށް ބޯޓު ހަވާލުކޮށްފި އެވެ.
އަލް ޝާލީ މެރިން ބޯޓްޔާޑުގައި ބޭއްވި ހާއްސަ އިވެންޓުގައި، އެ ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް ކަމަށްވާ މުހައްމަދު ޔޫސުފަށް ވަނީ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެއް، ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނަކާ އެކު ހަވާލުކޮށްފަ އެވެ.
މި އަގު ހުރި އިނާމު ހަވާލުކުރުމަށް ބޭއްވި އިވެންޓުގައި، ޔޫސުފަށް ބޯޓު ހަވާލުކޮށްދެއްވީ ދިރާގު ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއީލް ރަޝީދެވެ.
ލޯންޗުގެ ނަސީބުވެރިޔާ އޭނާގެ އިހުސާސްތައް ހިއްސާކުރަމުން ބުނީ، މިއީ އޭނާއަށާއި އޭނާގެ އާއިލާއަށް ލިބުނު ބޮޑު އުފަލެއް ކަމަށެވެ.
މާލެއަށް އުފަން އަދި މާލޭގައި އުޅޭ ޔޫސުފަކީ ރާއްޖޭގައި ފިކްސްޑްލައިން ޓެލެފޯނުގެ ހިދުމަތްތައް ބޭނުންކުރަން ފެށި ދުވަސްވަރުން ފެށިގެން މިއަދާ ހަމައަށް މެދުކެނޑުމެއް ނެތި ދިރާގުގެ ހިދުމަތްތައް ބޭނުންކުރަމުން އަންނަ ލޯޔަލް ކަސްޓަމަރެކެވެ.  އޭނާ ދިރާގު މޯބައިލްގެ ހިދުމަތް ބޭނުންކުރާތާ މިހާރު 28 އަހަރު ވެފައިވާއިރު، މިފަދަ އަގު ހުރި އިނާމެއް ހޯދުމުގެ ފުރުސަތު ދިރާގުން ފަހިކޮށްދިނީތީ އެ ކުންފުންޏަށް ވަނީ ޝުކުރު އަދާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ