މޫސުން އަދިވެސް ގޯސް، ހުދު ސަމާލުގެ މުއްދަތު އިތުރުކޮށްފި

މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ނެރެފައިވާ ހުދު ސަމާލުގެ ވަގުތު އިތުރުކޮށްފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން މައުލޫމާތު ދެއްވި ގޮތުގައި ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށެވެ. އަދި ހުދު ސަމާލު ނެރެފައިވަނީ 13:00 އިން ފެށިގެން 18:00 އާއި ހަމައަށެވެ. މިވަގުތުތަކުގެ މިސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން އެންމެ ފަހުން އާއްމުކޮށްފައިވާ އަޕްޑޭޓްތަކަށް ބަލާލާއިރު ފާއިތުވީ 24 ގަޑި އިރު ތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ވ. ރަކީދޫއަށެވެ. މިގޮތުން އެރަށަށްވަނީ 80.2 މިލިމީޓަރގެ ވާރޭ ވެހިފައެވެ.
އިއްޔެއިން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެފައިވާއިރު ހުރިހާ ފަރާތްތަކަކަންވެސް  މޫސުމަށް ސަމާލުވުމަށް މެޓުއޮފީހުން ވަނީ އިލްތިމާސްކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ