އެމްއާރްއެމް އުވައިލުން މަޑު ޖައްސައިލުމަށް ކޯޓުން ނެރުނު އަމުރު މުރާޖާކުރަން ހުށަހަޅަނީ
މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވައިލުން މަޑު ޖައްސައިލުމަށް ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު މުރާޖާކުރުމަށް ހުށަހަޅަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު "ސަން"އަށް ވިދާޅުވީ އެ ނިންމުން މުރާޖާކުރުމަށް ސިވިލް ކޯޓަށް ހުށަހަޅަން ނިންމީ އެ އަމުރާމެދު ހުރި ބައެއް ކަންތައްތަކުގެ ސަބަބުންކަމަށެވެ. އެގޮތުން އެ އަމުރު ނެރުނީ އިލެކްޝަންސް ކޮމިޝަނުގެ ޣައިރު ހާޒިރުގައިކަމަށް ވެސް ހަބީބް ވިދާޅުވިއެވެ. އަދި އެމްއާރްއެމް އުވައިލުމުގައި އެ ކޮމިޝަނުން އަމަލުކޮށްފައިވަނީ އުސޫލުތަކާ އެއްގޮތަށް 3،000 މެމްބަރުން ހަަމަކުރުމަށް މުއްދަތު ދިނުމަށްފަހު ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ. އިލެކްޝަަންސް ކޮމިޝަނުން އެމްއާރްއެމް އުވައިލީ މިދިޔަ ބުދަ ދުވަހެވެ. އެއާއެކު އެމްއާރްއެމުންވަނީ އީސީގެ އެ ނިންމުމަކީ ވަރަށް ކޮރަޕްޓު، ނުފޫޒުން ނިންމި ނިންމުމެއްގެ ގޮތުގައި ސިފަކޮށް ފާޑުކިޔައިފައެވެ. ސިވިލް ކޯޓުން އެ ޕާޓީ އުވައިލަން ނިންމި ނިންމުން މަޑު ޖައްސައިލުމުގެ އަމުރެއް ނެރުނީ ވެސް އެމްއާރްއެމުން އެ މައްސަލަ ކޯޓަށް ވެއްދުމުންނެވެ. އެމްއާރްއެެމް އުވައިލަން ނިންމި ނިންމުން މަޑު ޖައްސައިލުމަށް އަމުރުކުރުމާއެކު އެ ޕާޓީން އަލުން ސިޔާސީ މަސައްކަތް ވަނީ ފަށައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ