ރައީސް ނަޝީދުގެ ފެކްޝަނުން ޖޭޕީއާ ބައްދަލުކުރަނީ

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަނުން ޖުމްހޫރީ ޕާޓީއާއެކު މިރޭ މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފިއެވެ. އެމްޑީޕީ ތެރޭގައި ރައީސް ނަޝީދު އުފައްދާފައިވާ ފިކުރެއްގެ ދިރުން ފެކްޝަނުގައި ހިމެނޭ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވީ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދުގެ އެދިވަޑައިގަތުމުގެ މަތިން މިރޭ ޖޭޕީއާއެކު މަޝްވަރާ މަޝްވަރާ މައްދަލުވުމެއް ބާއްވާނެ ކަމަށެވެ. ހަސަން ވިދާޅުވީ ޖޭޕީއާއެކު ބާއްވާ މަޝްވަރާ ބައްދަލުވުމުގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން ބައިވެރިވާނީ އޭނާގެ އިތުރުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު މުހައްމަދު ރަޝާދު ކަމަށެވެ. ޖުމްހޫރީ ޕާޓީން އިސްވެ އޮވެ، ރިޔާސީ އިންތިޚާބަށް ކެނޑިޑޭޓަކު ނެރެ ވަކިން ވާދަކުރަން ނިންމުމުން ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުން ފެކްޝަނުން ކުއްލި ޕީޖީ ބައްދަލުވުމެއް ބާއްވަން ނިންމާފައި ވަނީ ޖޭޕީއާއެކު ޖޮއިންޓް ޕާލިމަންޓަރީ ގުރޫޕެއް އެކުލަވާލުމަށް މަޝްވަރާ ކުރުމަށެވެ. މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖޭޕީއާއެކު ކޯލިޝަން ހަދައިގެން އެކުގައި ކުރިއަށް ދިއުމަށް ގިނަ ދައުވަތުތަކެއް ޤާސިމަށް ވަނީ ލިބިވަޑައިގެންފައެވެ. އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް ވަނީ ޖޭޕީއަށް ދައުވަތު ދެއްވާފައެވެ. ނަމަވެސް ޖޭޕީން ނިންމާފައި ވަނީ އެ ޕާޓީން އިސްވެ ހަދާ ކޯލިޝަނެއްގެ ތެރެއިން ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ