ކެލާ ދާއިރާގެ ގޮނޑިއަށް އިންފާޒް ވާދަކުރަނީ!

ކެލާ ދާއިރާގެ މަޖިލިސް ގޮނޑިއަށް، ކެލާ ކައުންސިލްގެ ރައީސް ޢަބްދުالله އިންފާޒް ވާދަކުރަަން ނިންމައިފިއެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން ހާމަކޮށް އިންފާޒް ކުރި އެފްބީ ޕޯސްޓެއްގައި ބުނެފައިވަނީ ދާއިރާގެ ހުރިހާ ރައްޔިތުންގެ ތާޢީދު ލިބޭނެކަމަށް އުންމީދު ކުރައްވާ ކަމަށާއި، ޕާޓީއަށް އެންމެ އިޚްލާޞްތެރި މީހާއަށް އެ ފުރުޞަތު ދޭންޖެހޭ ކަމަށެވެ.

އިންފާޒު ކެލާ ކައުންސިލަށް ފުރަތަމަ އިންތިހާބުވީ 2014 ވަނަ އަހަރުއެވެ. އޭގެ ފަހުން 2017 ވަނަ އަހަރު ހއ އަތޮޅު ކައުންސިލްގެ ކެލާ ދާއިރާގެ ގޮނޑި ޕީޕީއެމްގެ ޓިކެޓުގައި ކާމިޔާބު ކުރެއްވިއެވެ. އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ކެލާ ކައުންސިލްގެ ރައީސްގެ ގޮނޑިވެސް ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބު ކުރެއްވިއެވެ.
ކެލާ ދާއިރާގައި ހިމެނެނީ ކެލާގެ އިތުރުން ފިއްލަދޫ އަދި ވަށަފަރެވެ. މިހާރު އެ ދާއިރާ ތަމްސީލް ކުރަނީ އެމްޑީޕީގެ މެމްބަރު ޝަރީފެވެ.
▶️ Watch this video on Facebook https://fb.watch/nHdSTcbnrL/?mibextid=q9YbOU
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ