ކަރަންޓު ރޭޓް ފްލެޓް ރޭޓަކުން ނަގާ ގޮތަށް ހަމަޖެހިގެންދާއިރު، އެންމެ ފުރަތަމަ ބޭންޑްގައި އިންނަ ރޭޓަށް ކަނޑައެޅިއްޖެނަމަ ގާތްގަނޑަކަށް 52-31 އާ ހަމައަށް ބިލް ކުޑަވެގެން ދާނެ ކަަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ގެއެއްގައި ކަރަންޓު ރޭޓް ފްލެޓް ރޭޓަށް ހަދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ނިންމަވައިފައެވެ. މިކަން އިއުލާން ކުރައްވާ ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ގޭބިސީތަކެއްގެ ކަރަންޓު ބިލަށް ވެސް، ކިތަންމެ ގިނައިން ބޭނުންކުރިޔަސް، ބޭންޑުތަކަށް ޗާޖުކުރާ ރޭޓް ބަދަލު ނުވެ އެއް ރޭޓަކުން ބިލްކުރަން ނިންމާ ކަމަށެވެ.
މިކަމާ ގުޅިގެން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވީ މިހާރު ކަރަންޓު ބިލް ބިލްކުރާއިރު ވަކި ރޭޓެއް ކަނޑައެޅުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި އެކަމާ ގުޅިގެން ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. ޝަރީފް ވިދާޅުވީ، ފްލެޓް ރޭޓުގެ ގޮތުގައި 1.5 ރުފިޔާ ކަނޑައެޅިއްޖެނަމަ ކަރަންޓު ބިލުން 30 އިންސައްތައާއި 50 އިންސައްތައާ ދެމެދު ކުޑަވެގެންދާނެކަމަށް އަންދާޒާކުރެވޭކަމަށެވެ.
ޝަރީފް ވިދާޅުވީ އަމާޒަކީ އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ފްލެޓް ރޭޓްތައް ކަނޑައަޅާ ބިލުތައް ތައްޔާރުކުރުންކަމަށެވެ.
"މާލެ ސަރަހައްދުގައި ގާތްގަޑަކަށް 28 އިންސައްތަ ގޭބިސީން 600 ޔުނިޓަށްވުރެ އިތުރަށް ކަރަންޓު ބޭނުންކުރޭ. އެވްރެޖްކޮށް 500 ޔުނިޓަށްވުރެ ދަށުގައި 40 އިންސައްތަ ގޭބިސީން ބޭނުންކުރޭ. ފްލެޓް ރޭޓެއް ކަނޑައެޅުމުން ހެޔޮ ބަދަލެއް އަންނާނެ." ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވިއެވެ.
ކަރަންޓު ބިލް ބިލްކުރާއިރު ގޭބިސީތަކަށް ގާތްގަނޑަކަށް ހަތް ބޭންޑް ކަނޑައަޅާފައި އޮވެއެވެ. ކަރަންޓު ބޭނުންކުރާ ވަރަކަށް ކޮންމެ ބޭންޑަކަށް އިތުރުވަމުންދެއެވެ. އަދި އެކަމުގެ ސަބަބުން ބިލް ވަރަށް ބޮޑުވެގެންދެއެވެ. ހާއްސަގޮތެއްގައި ހޫނު މޫސުމުގައި ކަރަންޓު ބިލު ބޮޑުވުމުގެ ޝަކުވާ އަބަދުވެސް ރައްޔިތުން ކުރެއެވެ.
ފްލެޓް ރޭޓެއް ކަނޑައެޅުމުން ކަރަންޓު ބިލް 50 ޕަސެންޓް ކުޑަވާނެ: ޝަރީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ