ސްކޫލް ދަރިވަރުންނަށް އިމާމުވެ ހުކުރު ނަމާދު ކުރުމުގެ ހުއްދައަށް އެދި ކުރިމަތިލުމުގެ ފުރުސަަތު އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
އެ ވުޒާރާއިން ނެރުނު އިއުލާނެއްގައި ވިދާޅުވެފައިވަނީ އިމާމުންނާއި ޚަޠީބުންގެ ޒުވާން ޖީލެއް އުފެއްދުމުގެ ސިޔާސަތުގެ ދަށުން ގްރޭޑް 12،11،10 ގައި ތައުލީމު ހާސިލުކުރަމުންދާ ނުވަތަ ސްކޫލް ނިންމާފައިވާ ދަރިވަރުންގެ ތެރެއިން ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ރީތިކޮށް ޤުރުއާން ކިޔަވައި، ނަމާދުގެ ފިޤްހުގެ ބައިތަކަށް އަހުލުވެރިވާ ދަރިވަރުންނަށް، ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ހުކުރު ނަމާދު ކުރުމުގެ ހުއްދަ ދިނުމަށް މި މިނިސްޓްރީން ނިންމާފައިވާތީ، އެކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ.
އެކަމަށް އެދި ހުށަހަޅަންވާނީ، އެ ވުޒާރާއިން ގާއިމުކޮށްފައިވާ އިލެކްޓްރޯނިކް ފޯމު މެދުވެރިކޮށް ކަމަށް އެ ވުޒާރާއިން ކުރި އިއުލާނުގައި ވިދާޅުވެފައިވެއެވެ.
އެކަމަށް އެދި ދަރިވަރުން އެދި ހުށަހަޅާ ފޯމު އެ ވުޒާރާގެ ވެބްސައިޓް އިން ލިބެން ހުންނާނެއެވެ.
މިކަމަށް އެދޭ ދަރިވަރުން 29 ފެބުރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެވުޒާރާއަށް ފޯމު ހުށަހެޅުއްވުމަށް އެދިފައިވެއެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2023 Gaafu Media Group Pvt Ltd. All rights reserved.
ސްކޫލް ދަރިވަރުންނަށް އިމާމުވެ ހުކުރު ނަމާދު ކުރުމުގެ ހުއްދައަށް އެދި ކުރިމަތިލުމުގެ ފުރުސަަތު ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ