ތުލުސްދޫ ދާއިރާގެ މެންބަރު ނަސީމް ޕީއެންސީ އަށް ސޮއިކޮށްފި

ތުލުސްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާޙީމް ނަސީމް، ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިކޮށްފިއެވެ.
މިނިވަން މެންބަރެއްގެ ގޮތުގައި މަޖިލިސް މެންބަރުކަން ކުރައްވަމުން އައި ނަސީމް ޕީއެންސީއަށް ސޮއިކުރެއްވިކަން ހާމަކުރީ، ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޯލިޝަންގެ ޕީއެމުން ''އެކްސް''ގައި ކުރި ޕޯސްޓެއްގައެވެ.
ނަސީމް ޕީއެންސީއާއި ގުޅިވަޑައިގެން އޭނާގެ މެންބަރޝިޕް ފޯމު ހަވާލުކުރައްވާފައި ވަނީ ޕީއެންސީގެ ޗެއާޕާސަން އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) އާއެވެ.
ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގައި މިވަގުތު ތިއްބެވީ ހަތަރު މެންބަރުންނެވެ. ނަސީމް ގުޅިވަޑައިގަތުމުން އެ އަދަދު ފަހަކަށް އިތުރުވިޔަސް، އިންތިޚާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އަކީ ވެސް ޕީއެންސީގެ މަޖިލިސް މެންބަރެއްކަމުން ރިޔާސީ ދައުރު ފެށުމާއެކު ޕީއެންސީގެ މަޖިލިސްގެ މެންބަރުންގެ އަދަދު އަނެއްކާ ވެސް ހަތަރަކަށް ބަދަލުވާނެއެވެ. ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ޕީޕީއެމްގައި ވެސް ދެ މެންބަރަކު ތިއްބަވައެވެ.
މަޖިލީހުގައި 87 މެންބަރުން ތިއްބަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ