މާފަންނު ގެއަކުން ވެއްޓުނު މީހަކަށް ފަރުވާދެނީ

މާލޭގެ ގެއަކުން މީހަކު ވެއްޓިއްޖެއެވެ. ފުލުހުން ވިދާޅުވީ މާލޭ، މާފަންނު، ސަބުދެލިމަގުގައި ހުންނަ ގެއެއްގެ މަތިން ފިރިހެނަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.
މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިރޭ 18:20 އެހައިކަންހާއިރުކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ވިދާޅުވީ، އެމީހާ ވެއްޓިފައި ވަނީ އެ އިމާރާތުގެ 10 ވަނަ ފަންގިފިލާއިން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށްކަމަށެވެ.
މި ހާދިސާގައި ވެއްޓުނު މީހާ އައިޖީއެމް ހޮސްޕިޓަލް އަށް ގެންގޮސް ދަނީ ފަރުވާ ދެމުންނެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ