ނަޝީދަށް ފަޒުނާގެ ރައްދެއް: އެމްޑީޕީގެ ކާމިޔާބީއަކީ މެންބަރުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ސަރުކާރު މަޝްވަރާގެ މޭޒަށް އަންނަންދެން އިހުތިޖާޖު ކުރުމުގައި ދެމިތިބޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެން، ކުރީގެ ފަސްޓް ލޭޑީ ފަޒުނާ އަހުމަދު އެކަމަށް ފާޑުވިދާޅުވެ ރައްދު ދެއްވައިފިއެވެ.
އެމްޑީޕީން ފަށާފައިވާ ސިލްސިލާ އިހުތިޖާޖުގެ ތެރެއިން އަށްވަނަ ރޭގެ އިހުތިޖާޖު ފެށުމުގެ ކުރިން ދަނޑިކޮށީ ހަރުގެ ކުރިމަތީގައި ހުންނަވައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ސަރުކާރުން މަޝްވަރާއަށް އެއްބަސްވަންދެން މަގުމަތީގެ ހަރަކާތްތަކާއި އިހުތިޖާޖުތައް ކުރިއަށް ގެންދާނެ ކަމަށެވެ.
"މަޝްވަރާގެ މޭޒަށް ވަޑައިގަންނަވާ ނޫނީ އަޅުގަނޑުމެން ތާ އަބަދު މި މަސައްކަތް ކުރުމުގައި މަގުމަތީގައި ދެމިތިބޭނަން. ރާއްޖޭގެ ރަށްރަށަށް ވެސް އަޅުގަނޑުމެން ދާނަން، ރައީސް މުއިއްޒު އާއި ސަރުކާރު މަޝްވަރާގެ މޭޒަށް ވަޑައިގަންނަވަން ދެން އަޅުގަނޑުމެން މިކަމުގައި ދެމި ތިބޭނަން." ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގައި ވާދަކުރައްވާނެކަން ނަޝީދު ވަނީ އިއުލާން ކުރައްވާފައެވެ. އެމަނިކުފާނު ވާދަކުރައްވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އާއި އެ ޕާޓީގެ ނައިބު ރައީސްކަން ކުރެއްވި އަލްހާން ފަހުމީއާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ