ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕޭނުގައި ނޫޅޭނަމަ، ގދ. މަޑަވެއްޔަށް ނިސްބަތްވާ ސިޔާސީ މުވައްޒަފުން އިސްތިއުފާ ދޭންޖެހޭ ކަމަށް އެ ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު ޝަމީޒް ވިދާޅުވެއްޖެ އެވެ.
ސޯޝަލްމީޑިއާގައި ޝަމީޒް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިޔާސީ މަގާމުތަކަށް އައްޔަނުކޮށްފައި ތިބި މަޑަވެލީގެ މީހުން ޕީއެންސީ ކެންޑިޑޭޓުންގެ ކެމްޕޭނުގައި ނޫޅޭނަމަ، ސިޔާސީ މަގާމުތަކަށް ކުފޫ ހަމަނުވާ ކަމަށެވެ.
"ގާނޫނުއަސާސީގެ 115 މާއްދާއިން ރައީސް މަގާމުތަކަށް އައްޔަނުކުރައްވާފައިވާ މަޑަވެލި ދާއިރާއަށް ނިސްބަތްވާ ސިޔާސީ މީހުންގެ ފަރާތުން މަޑަވެލި ދާއިރާގެ ޕީއެންސީ ކެންޑިޑޭޓުންނަށް ކެމްޕޭނު ނުކުރެވޭނަމަ، މަގާމުތަކަށް އެކަށީގެން ނުވޭ، އެފަދަ ބޭފުޅުންނަށް އޮތީ ދެ ގޮތް، މަގާމުގައި ދެމިހުރުން ނުވަތަ އިސްތިއުފާ ދިނުން،" ޝަމީޒް ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
ޝަމީޒް މިފަދަ ޕޯސްޓެއް ކުރައްވާފައި މި ވަނީ ކޮން ސަބަބަކާހުރެ ކަމެއް ނޭނގެ އެވެ. އެހެންނަމަވެސް، ޕީއެންސީގެ ޓިކެޓުގައި ވާދަކުރުމަށް ނަން ހުށަހެޅި ބައެއް ކެންޑިޑޭޓުންނަށް، ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ނުދިނުމުން އެ ޕާޓީގެ އެތެރޭގައި ވަނީ ހިޔާލުތަފާތުވުން އުފެދިފަ އެވެ.
ޕީއެންސީއަށް ކެމްޕެއިން ނުކުރާ ސިޔާސީ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކައިފި ޕީއެންސީއަށް ކެމްޕެއިން ނުކުރާ ސިޔާސީ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ