އައްޑޫގައި ހަރަކާތްތެރިވާ ސްކޫޕް ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން ހުށަހެޅި މައްސަލަ ބަލައިގެންފި

އައްޑު އަތޮޅުގައި ހަރަކާތާތްތެރިވާ 'ސްކޫޕް' ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅައި ދިނުން އެދި ހުށަހެޅި މައްސަލަ ހައި ކޯޓުން ބަލައިގެންފިއެވެ.
މިއަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު ސްކޫޕް ގްރޫޕުގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން ހައިކޯޓަށް ހުށަހަޅާފައިވާ އިރު، މިއީ ގޭންގްތައް ހުއްޓުވުމަށް މިދިޔަ އަހަރު ތަންފީޒުކުރަން ފެށި އާ ގާނޫނުގެ ދަށުން ގޭންގެއްގެ ގޮތުގައި ކަނޑައަޅަން ހުށަހެޅި ފުރަތަމަ ގްރޫޕެވެ.
މި މައްސަލަ ހައި ކޯޓުގައި ރަޖިސްޓްރީ ކުރި ކަން ކަށަވަރުވެފައިވީ ނަމަވެސް މި މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ޕީޖީން ވަނީ އެ ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅެމުގެ އިތުރުން އެ ގްރޫޕަށް ނިސްބަތްވާ ކަމަށް ފާހަގަކުރެވުނު ނުވަ މީހަކީ އެ ގްރޫޕުގެ މެންބަރުންގެ ގޮތުގައި ކަނޑައަޅައި ދިނުމަށް ވެސް ހައި ކޯޓުގައި އެދިފައެވެ. އަދި 'ސްކޫޕު' އަދި 'ސްކޫޕު ކަންމަތި' ގެ އިތުރުން 'އެސްކީޕީ' ލިޔެފައިވާ ފާރުތަކާ، އެންމެހާ ތަންތަނުން އެ ނަންތައް ފޮހެލުމަށް އައްޑޫ ކައުންސިލްގެ މައްޗަށް އަމުރުކޮށް ދިނުމަށް ވެސް އެދިފައި ވެއެވެ.
ޕީޖީން ބުނީ ސްކޫޕު ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން ކޯޓަށް ހުށަހަޅަން ނިންމީ ފުލުހުން ހުށަހެޅި ހެކިތައް ދިރާސާކުރުމަށް ފަހުގައި ކަމަށެވެ. އެ ގޮތުން، އެ ގްރޫޕުގައި ގޭންގެއްގެ ޝަރުތުތައް ފުރިހަމަވާ ކަމަށާއި މިހާރު ވެސް ކުށް ކުރުމުގައި ހަރަކާތްތެރިވާ ކަމަށް ޕީޖީން ވަނީ ތުހުމަތު ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ