ބ. އަތޮޅުގެ 3 ޒުވާނުންނަށް 101 ކިލޯގެ ބޮޑު ކަންނެއްޏެއް ބޭނިއްޖެއެވެ.
މިއީ އާންމުކޮށް އަތޮޅުގެ އެތެރެވަރިން ފެންނަ ވަރަށްވުރެ މާ ބޮޑު މަހެކެވެ.
ޓްރޮލް ކޮށްގެން ބޭނި މި ކަންނެލި ނެގުމަށް ގާތްގަޑަކަށް 40 މިނެޓު ހޭދަވި ކަމަށް އެމަސްވެރިން މައުލޫމާތު ދެއެވެ. އެމީހުން ބުނާ ގޮތުގައި މިހާ ބޮޑެތި ކަންނެލި އާންމުކޮށް ބާނަނީ އަތޮޅުން ބޭރުން 40 ނުވަތަ 60 މޭލު ދުރުންނެވެ. ނަމަވެސް މި ދުވަސްވަރަކީ ބ. އަތޮޅަށް މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ދުވަސްވަރަކަށްވުމާއެކު، އަތޮޅުގެ ކައިރި ސަރަހައްދުތަކުން ވެސް މިފަދަ ބޮޑެތި މަސް ފެންނަމުންދާ ކަމަށް މަސްވެރިން މައުލޫމާތުދެއެވެ.
މިއަހަރަކީ ބ. އަތޮޅުގައި ކަންނެލި މޫސުން އާދަޔާ ހިލާފަށް ދިގުލައިގެން ގޮސްފައިވާ އަހަރެކެވެ. އާންމުކޮށް މި މޫސުމުގައި ކަންނެލި އެންމެ ގިނައިން ބާނަނީ ގޮއިދޫ ކައިރިނެވެ. މިއާއިއެކު، އެ އަތޮޅުގެ ޒުވާނުން މި ދުވަސްވަރު ކުރަމުންދާ މަސްވެރިކަމުގައި ބޮޑެތި ކާމިޔާބީތަކެއް އަންނަނީ ހޯދަމުންނެވެ.
އެގޮތުން، މީގެ ކުރިން ބ. ފެހެންދޫގެ ޒުވާނުންތަކެއްވެސް ވަނީ މި ބަރުދަނުގެ ކަންނެއްޏެއް ބާނާފައެވެ. އެހެންކަމުން، މިއީ މި ދުވަސްވަރު ބ. އަތޮޅުގެ ޒުވާނުން ބޭނި މިފަދަ ދެވަނަ ބޮޑު ކަންނެއްޏެވެ.
ބ. އަތޮޅުގެ ޒުވާނުން 101 ކިލޯގެ ބޮޑު ކަންނެއްޏެއް ބާނައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ