ހދ. ކުޅުދުއްފުށި ސިޓީގެ އެކި ފިހާރަތަކަށް އޮޅުވާލައިގެން ސައްހަނޫން ޕޭމަންޓް ސްލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި ފައިންސް، އުމުރުން 33 އަހަރުގެ ހަސަން މޫސާއެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިދިޔަ ޖަނަވަރީ މަހުގެ 29 ވަނަ ދުވަހުއެވެ.
ފުލުހުން ބުނީ، މިހާތަނަށް ބެލިބެލުމުން ހަސަން މޫސާ ވަނީ ކުޅުދުއްފުށީގެ އެކި ފިހާރަތަކަށް ސައްހަ ނޫން ސްލިޕް ފޮނުވައިގެން 3000 އަށް ވުރެ ގިނަ ރުފިޔާގެ ތަކެތި ނަގާފައެވެ.
މި އަމަލަކީ ފިހާރަތަކުގެ އިތުބާރު ނަގާލައި، މަކަރާއި ހީލަތުން މުދާ ހޯދުމަށް ހިންގާފައިވާ އަމަލެއްގެ ގޮތުގައި ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން ޙަސަން މޫސާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް ހަތްދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.
ފުލުހުން ދަނީ، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މީގެ އިތުރުން، އެހެން އެއްވެސް ފިހާރައަކުން ހަސަން މޫސާ މިފަދަ ގޮތަކަށް ވިޔަފާރިކޮށްފައިވާނަމަ، އެކަން ކުޅުދުއްފުށި ސިޓީ ޕޮލިހަށް ރިޕޯޓުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ފޭކް ސްލިޕް ފޮނުވައިގެން އެކި ފިހާރަތަކުން ވިޔަފާރި ކުރި މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ