މުމްބާއި، އިންޑިއާ (މާޗް 30) - ކަލްކަތާ ނައިޓް ރައިޑާސް (ކޭކޭއާރް) ހަ ވިކެޓުން ބަލިކޮށް، މުމްބާއި އިންޑިއަންސް (އެމްއައި) އިން ދުނިޔޭގެ އެންމެ ފޯރިގަދަ ފްރެންޗައިސް ކްރިކެޓް ލީގު، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ގައި ކުޅުނު ފުރަތަމަ މެޗުން 13 އަހަރަށް ފަހު މޮޅެއް ހޯދައިފި އެވެ.
ރޭގެ މެޗުގެ ކުރިން އައިޕީއެލްގައި އެންމެ ފަހުން، މުމްބާއި އިން މޮޅަކުން ފެށީ 2012 ވަނަ އަހަރު އެވެ. އޭގެ ފަހުން އަައި އައިޕީއެލްގެ 13 ސީޒަނުގައި ވެސް މުމްބާއި ވަނީ ފުރަަތަމަ މެޗުން ބަލިވެފަ އެވެ.
މަޝްހޫރު ވަންކެޑޭ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި މުމްބާއި އަށް ޓޮސް ދިމާވުމުން އެ ޓީމުން ނިންމީ ހޮވާށެވެ. ކަލްކަތާ އިން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވިއިރު 220 ލަނޑު ހެދި އެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 40 ބޯޅައިން 67 ލަނޑު ހެދި އަޖިންކިޔާ ރަހާނޭ އާއި 29 ބޯޅައިން 51 ލަނޑު ހެދި އަންގްކްރިޝް ރަގުވަންޝީ އެވެ. މި އިނިންގްސްގައި މުމްބައިގެ ޝާރްދުލް ޓާކުރު ތިން ވިކެޓް ނެގި އެވެ.
ޖަވާބުގައި ކުޅެން އަރައި މުމްބާއި އިން ނަތީޖާ އަަނބުރާލީ 19.1 އޯވަރު ތެރޭގަ އެވެ. އެއީ، ހަތަރު ކުޅުންތެރިން ނުބައިވިއިރު، 224 ލަނޑު ހަދައިގެންނެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އޯޕަނިން ބެޓްސްމަނުންގެ ގޮތުގައި ނުކުތް ރޯހިތު ޝަރްމާ އާއި ރަޔާން ރިކެލްޓަން އެވެ. ރިކެލްޓަން ނުބައިވީ، 43 ބޯޅައިން 81 ލަނޑަށެވެ. އަދި، ރޯހިތު ނުބައިވީ، 38 ބޯޅައިން 78 ލަނޑަށެވެ. ފަހު ވަގުތު ކުޅެން އަރައި، ނުބައިނުވެ، ހާޑިކް ޕާންޑްޔާ ވަނީ 11 ބޯޅައިން 18 ލަނޑު ހަދަައިފަ އެވެ.
އައިޕީއެލްގައި މިރޭ ކުޅޭ މެޗުގައި ޗެންނާއި ސުޕަ ކިންގްސް އިން ބައްދަލުކުރާނީ ރާޖަސްތާން ރޯޔަލްސްއާ އެވެ.
އައިޕީއެލް: 13 އަހަރަށް ފަހު މުމްބާއި އައިޕީއެލް ފުރަތަމަ މެޗުން މޮޅުވެއްޖެ އައިޕީއެލް: 13 އަހަރަށް ފަހު މުމްބާއި އައިޕީއެލް ފުރަތަމަ މެޗުން މޮޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ