ފަޅު ރަށް ވައްލައަކީ ކުޑަހުވަދޫގެ ބައެއްގެ ގޮތުގައި ކަނޑައަޅައިފި ފަޅު ރަށް ވައްލައަކީ ކުޑަހުވަދޫގެ ބައެއްގެ ގޮތުގައި ކަނޑައަޅައިފި

ދ. ކުޑަހުވަދޫ ކައިރި އޮންނަ ފަޅު ރަށް ވައްލައަކީ ކުޑަހުވަދޫގެ ބައެއްގެ ގޮތުގައި ރައީސް މުހައްމަދު މުއިއްޒުގެ ގަރާރަކުން ކަނޑައަޅައިފި އެވެ.
ވައްލައަކީ ކުޑަހުވަދޫގެ ބައެއްގެ ގޮތުގައި ކަނޑައެޅީ މިދިޔަ ބުރާސްފަތި ދުވަހު މުއިއްޒު ގެޒެޓު ކުރި ގަރާރަކުންނެވެ.
ވައްލައަކީ ކުޑަހުވަދޫއާ 3.22 ކިލޯމީޓަރު ދުރުގައި އޮންނަ ކުޑަ ރަށެކެވެ. އެ ރަށުގެ ދިގުމިނުގައި ހުންނަނީ ގާތްގަނޑަކަސް 700 ފޫޓެވެ. އެއީ މީގެ ކުރިން ވަރުވާއަށް ވެސް ދޫކޮށްފައި އޮތް ރަށެކެވެ.
ކުޑަ ނަމަވެސް ވައްލައަކީ ވަރަށް ރީތި ރަށެކެވެ. ވައްލަގެ ރީތި ފޮޓޯތަކެއް މީގެ ކުރިން ސޯޝަލް މީޑިއާގައި ވައިރަލްވެފައިވެ އެވެ.
ކުޑަހުވަދޫއަށް ދަތުރުދާ ޓުއަރިސްޓުން މިހާރު ވެސް ވައްލައަށް ގެންގޮސްދެ އެވެ. ކުޑަހުވަދޫގެ އިތުރުން އެ ހިސާބުގައި އޮންނަ ދެ ރިސޯޓަކުން ވެސް ވައްލައަށް ގެސްޓުން ގެންދާ ކަމަށް މައުލޫމާތު ލިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ