މިނިވަން ދުވަހާ ގުޅިގެން 4 ދުވަހުގެ ބަންދެއް

މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން ޖުލައި 28 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފި އެވެ.މި އަހަރުގެ މިނިވަން ދުވަސް - ޖުލައި 26 ވަނީ ހޮނިހިރު ދުވަހަކަށެވެ. އެހެންވެ، ސަރުކާރު މުވައްޒަފުންނަށް އެ ހަފުތާ ބަންދާ އެކު ހަތަރު ދުވަސް ބަންދުވާނެއެވެ.ރައީސް އޮފީހުން މިއަދު ބުނީ، ޖުލައި 28 ބަންދުކުރަން ނިންމީ މި އަހަރަކީ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރު ކަމަށް ވުމާއެކު، މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާތީ ކަމަށެވެ.އެހެންކަމުން މިނިވަން ދުވަހުގެ މުނާސަބަތުގަ ޖުލައި 27 ވާ އާދީއްތަ ދުވަހު ބާއްވާ ހަރަކާތްތަކުގެ އިތުރުން، ޖުލައި 28 ވާ ހޯމަ ދުވަހުގެ ޕުރޮގުރާމުގައިވެސް މުހިންމު ބައެއް ކަންކަން ހިމެނޭތީ އެ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ހަމަޖެއްސެވީ ކަމަށްވެސް ރައީސް އޮފިހުން ވިދާޅުވެފައި ވެއެވެ. މިނިވަން ދުވަސް ފާހަގަކުރަނީ އިނގިރޭސިންގެ ހިމާޔަތުގެ ދަށުން ރާއްޖެ މިނިވަންވީ ދުވަހުގެ މުނާސަބަތުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ