ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި ސިފައިންގެ ޑިޔުޓީގައި އުޅުނު އޮފިސަރަކު ނިޔާވުމުން ރައީސް މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިއަދު ހެނދުނު ހިނގި ހާދިސާގައި ބަންޑުން ޖަހާލީ ސިފައިންގެ ކުންފުނި ސިވެކްގެ ކޮޅުވެއްޓިއެކެވެ. ކޮޅުވެއްޓި ދަތުރުކުރަމުން ދިޔައީ މާލެއިން ފުރައިގެން ޅ. މާފިލާފުއްޓަށެވެ. އެ ރަށަކީ ސިފައިންގެ ބެލުމުގެ ދަށުގައި އޮންނަ ރަށެކެވެ.
ތަފްސީލް - މިއަދުގެ ހާދިސާގައި ނިޔާވީ ސިފައިންގެ ވޮރަންޓު އޮފިސަރު 2 އަލީ ހާމިދެވެ.
އޭނާގެ އާއިލާ އަށް ތައުޒިޔާ ފޮނުއްވާ ރައީސް މުއިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ހާދިސާގައި އަލީ ހާމިދު ނިޔާވުމުން ފުން ހިތާމަ ލިބިވަޑައިގެންނެވި ކަމަށެވެ.
ރައީސް ވިދާޅުވީ
އަލީ ހާމިދު 27 އަހަރު ސިފައިންގެއަށް ހިދުމަތް ކުރެއްވި
އޭނާ ނިޔާވީ ވެސް ސިފައިންގެ ވަޒީފާގެ ޑިއުޓީގައި އުޅެނިކޮށް
"މި ހިތާމަވެރި ދަނޑިވަޅުގައި އާއިލާއާއި މުއައްސަސާއާއި އެކު މި ފުން ހިތާމައިގައި ބައިވެރިވެ، މަރުހޫމުގެ ފުރާނަފުޅަށް ހެޔޮ ރަހުމަތް ލެއްވުމަށާއި އާއިލާއަށް ކެތްތެރިކަން އިތުރުކޮއްދެއްވުން އެދި ދުއާ ކުރަމެވެ." ރައީސް ވިދާޅުވި އެވެ.
ގުޅުން ހުރި - އެމްއެންޑީއެފް އިން ބުނީ ކޮޅުވެއްޓިން 6 މީހަކު ދަތުރު ކުރި ކަމަށެވެ.
އެއީ
3 ދިވެހިން
ބަންގްލަދޭޝްގެ 3 މީހުން
އޭގެ ތެރެއިން ބަންގްލަދޭޝްގެ އެކަކު ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނައިރު4 މީހަކަށް ޅ. ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.
ކޮޅުވެއްޓި ބަންޑުން ޖަހާލުން: ނިޔާވި ސިފައިންގެ މީހާގެ އާއިލާ އަށް ރައީސްގެ ތައުޒިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ