ހުޅުމާލޭގެ ހުރިހާ ސަރަހައްދުތަކަކަށް ކަރަންޓްގެ ހިދުމަތް އަލުން ދެވިއްޖެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ ހުޅުމާލެއަށް ކަރަންޓް ދިނުމަށް ކުރި މަސައްކަތްތުން މިހާރު މުޅި ހުޅުމާލެއަށް ކަރަންޓް ދެވިފައިވާނޭކަމަށެވެ. އެގޮތުން މިހާރު މާލޭގެ ގިނަ ސަރަހައްދުތަކަކަށް ކަރަންޓް ދެވިފައިވާއިރު، ނުލިބޭ ސަރަހައްދުތަކަށްވެސް ކަރަންޓް ދިނުމަށް މަސައްކަތްކުރަމުން ދާކަމަށް ސްޓެލްކޯއިން ބުންޏެވެ.
އެގޮތުން 40 ހަކަށް މިނެޓް ތެރޭގައި މުޅި މާލެއަށް ކަރަންޓް ދީ ނިމޭނޭކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
މުޅި މާލެ ހިމެނޭހެން ހުޅުމާލެއިން ކަރަންޓްގެ ހިދުމަތް މެދުކެނޑިފައިވަނީ 09:30 ހައިރުއެވެ. ކަރަންޓް ކެނޑުނީ ޓެކްނިކަލް މައްސަލައަކުން ކަމަށް ޤައުމީ ކަރަންޓް ކުންފުނިން ވަނީ ބުނެފައެވެ.
ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓް ދެވިއްޖެ: ސްޓެލްކޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ