އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާ ކުރައްވައިފި
އުއްތަމަ ފަނޑިޔާރު ކަމުގައި ހުންނެވި އަހުމަދު މުއުތަސިމް އަދުނާން ފަނޑިޔާރު ކަމުން މިއަދު ރިޓަޔާކުރައްވައިފި އެވެ.މުއުތަސިމް ރިޓަޔާ ކުރެއްވުމާއި ގުޅިގެން ސުޕްރީމް ކޯޓުން މުއުތަސިމް ރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގައި ރާއްޖޭގެ ޝަރުއީ ދާއިރާއަށް ކޮށްދެއްވި އަގުހުރި މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.މުއުތަސިމް އުފަންވެވަޑައިގެންނެވީ ފެބުރުއަރީ 9، 1965ގައި ވެރިރަށް މާލެގައެވެ. އެ މަނިކުފާނު ބެޗްލާސް އޮފް ލޯސް ހާސިލްކުރައްވާފައިވަނީ އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ބަކިންހަމްގައި 1992 ވަނަ އަހަރު އެވެ. އަދި 1994 ވަނަ އަހަރު، ސްކޮޓްލޭންޑްގެ ޔުނިވަސިޓީ އޮފް ގްލެސްގޯ އިން މާސްޓާ އޮފް ފިލޯސޮފީ ހާސިލްކުރައްވާފައިވެ އެވެ.މުއުތަސިމް ވަނީ 1994 އިން 2001ގެ ނިޔަލަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ލީގަލް ސެކްޝަނުގެ ޑިރެކްޓަރުގެ ވަޒީފާ އަދާކުރައްވާފަ އެވެ. އޭގެފަހުން 2001 އިން 2005 ވަނަ އަހަރުގެ ނިޔަލަށް މޯލްޑިވްސް ކޮލެޖް އޮފް ހަޔަ އެޑިއުކޭޝަން މިހާރުގެ ގޮތުންނަމަ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ޑީންގެ ގޮތުގައި މަސައްކަތް ކުރެއްވި އެވެ.އެމަނިކުފާނު 2005 އިން 2010 ވަނަ އަހަރުގެ ނިޔަލަށް މަސައްކަތްކުރައްވާފައިވަނީ ކްލިޕަ އެންޑް ގެލިއޮން ލޯ އެސޯސިއޭޓްސްގެ ޕާޓްނަރެއްގެ ގޮތުގައެވެ.މުއުތަސިމް ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރެއްގެ ގޮތުގައިވެސް މަސައްކަތްކުރައްވާފަ އެވެ. އަދި ދިވެހިރާއްޖޭގެ ލޯ ކޮމިޝަނާއި ދިވެހިރާއްޖޭގެ ފޮރިން އިންވެސްޓްމަންޓް ބޯޑްގެ މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އެވެ. މުއުތަސިމް ހާސިލްކުރެއްވި ތައުލީމު:ބަޗެލާ އޮފް ލޯ ހާސިލްކުރެއްވީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ބަކިންހަމްއިން 1992ގައިމާސްޓާސް ހާސިލްކުރެއްވީ ފިލޮސޮފީގެ ދާއިރާއިން؛ ސްކޮޓްލޭންޑްގެ ޔުނާވިސިޓީ އޮފް ގްލެސްގޯއިން 1994ގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ