ގައުމީ ތަރައްގީގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ އަމަލީ މަސައްކަތް ނެކްސިއާ މޯލްޑިވްސްއަށް ގައުމީ ތަރައްގީގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ އަމަލީ މަސައްކަތް ނެކްސިއާ މޯލްޑިވްސްއަށް

ކުރިއަށް އޮތް 20 އަހަރާ ހަދާ ގައުމީ ތަރައްގީގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ އަމަލީ މަސައްކަތް ނެކްސިއާ މޯލްޑިވްސް ކިޔާ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީ އިން ސަރުކާރުގެ އިދާރާތަކަށް ފޮނުވަމުންދާ ސިޓީއެއްގައި ބުނެފައި ވަނީ ތަރައްގީގެ މާސްޓާ ޕްލޭނުގެ އަމަލީ މަސައްކަތް ނެކްސިއާ މޯލްޑިވްސްއާ ހަވާލު ކުރީ ޖުލައި 20، 2024، ގައި ކަމަށެވެ.
"މި މަސައްކަތް ކުރިއަށްގެންދިޔުއުމުގައި ކަމާ ބެހޭ ފަރާތްތަކާ ބައްދަލުކޮށް އެ ފަރާތްތަކުން ބޭނުންވާ މައުލޫމާތުތައް އެއްކުރުމާއި ހޯދުމުގެ މަސައްކަތް ނެކްސިއާ ނެކްސިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކުރިއަށްގެންދިޔުމަށް ރޭވިފައިވޭ،" މިނިސްޓްރީ އިން ބުނެފައިވެ އެވެ.
ނެކްސިއާ މޯލްޑިވްސްއަކީ އެޗްޑީއެފްސީގެ ކުރީގެ ބޯޑު މެންބަރު ހާމިދު ސޯދިގު އަދި ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސްގެ ކުރީގެ ބޯޑު ޑައިރެކްޓަރު ފަރީހާ ޝަރީފުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެކެވެ.
ގައުމީ ތަރައްގީގެ މާސްޓާ ޕްލޭނެއް ހަަދާނެ ކަމަށް މުއިއްޒު އިއުލާން ކުރެއްވީ ސެޕްޓެމްބަރު 17، 2024، ގަ އެވެ. އެ ދުވަހު އެމަނިކުފާނު ވިދާޅުވީ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަވާނެ ކަމަށެވެ. މާސްޓާ ޕްލޭން ހެދުމަށް މުއިއްޒު ދެއްވި ތާރީހަށް އެ ޕްލޭން ހެދޭނެ ކަމަކަށް ނުފެނެ އެވެ.
"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެެރޭގައި ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ހިމެނޭ ގޮތަށް އަދި ހުރިހާ ސިޔާސީ ޕާޓީތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި އެކިއެކި ސްޓޭކް ހޯލްޑަރުންނާއި އެކިއެކި އެކްސްޕާޓުންނާއި ހުރިހާ ފަރާތްތަކެއް ހިމެނޭ ގޮތަށް ވަރަށް ފުރިހަމަ ބައިވެރިވުމާއި މަޝްވަރާއާ އެކީ ގައުމީ ތަރައްގީގެ މާސްޓާ ޕްލޭނެއް ކުރިއަށް އޮތް 20 އަހަރު ދުވަހަށް އިރާދަކުރެއްވިއްޔާ ތަރައްގީ ކުރުމުގެ މަސައްކަތް މި ފަށަނީ،" ރައީސް ވިދާޅުވި އެވެ.
ގައުމީ ތަރައްގީގެ މާސްޓާ ޕްލޭނެއް ހަދާނެ ކަމަށް މުއިއްޒު އިއުލާނު ކުރެއްވި ނަމަވެސް އެ ޕްލޭނެއް މަޑުނުކޮށް މުއިއްޒު ދަނީ ވަރަށް ގިނަ ކަންކަން އިއުލާނު ކުރައްވަމުންނެވެ. އެ ޕްލޭނުގައި ނުހިމެނޭ އެންމެ ބޮޑު އެއް ކަމަކީ ފުށިދިއްގަރުފަޅު ހިއްކުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ