އަބްދުﷲ މުހައްމަދު މަގާމުން އިސްތިއުފާ ދިނުމަށް ބިރުދެއްކި - އެޗްއާރްސީއެމް

ގާނޫނާއި ޚިލާފަށް ކްރިމިނަލް ކޯޓްގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށް ގިރިފުށީގައި ބަހައްޓައިގެން ބިރުދައްކައި މަޖުބޫރުން އޭނާ ވަޒީފާއިން ވަކިކުރުމަށާއި، ރާއްޖެއިން ބޭރަށް ފޮނުވާލުމު މަސައްކަށް ކޮށްފައިވާކަން ހިއުމަން ރައިޓްސް ކޮމިޝަނުން ކުރި ތަހުގީގުން ސާބިތުވާ ކަމަށް އެކޮމިޝަނުން ބުނެފި އެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެކޮމިޝަނުގެ ރައީސާ މަރިޔަމް އަޒްރާ ވިދާޅުވީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށްފައިވަނީ ގާނޫނު އަސާސީއާއި ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި، ބައިނަލް އަގުވާމީ މުއާހަދާތަކުން ކަށަވަރުކޮށްދޭ މިނިވަންކަމާއި އިންސާނީ ހައްގުތަކާއި ޚިލާފަށްކަން އެކޮމިޝަނުން ކުރި ތަހުގީގްތަކުން ސާބިތުވާކަމަށެވެ.
އަދި މިމައްސަލައިގައި ޒިންމާ ނަގަންޖެހޭ ކަމަށް ކޮމިޝަނަށް ގަބޫލުކުރެވޭ ފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އަޅައިދިނުމަށް ޕޮރޮސެކިއުޓަރ ޖެނަރަލް އޮފިހަށް ހުށަހަޅާފައިވާނެކަމަށް އަޒްރާ ވިދާޅުވިއެވެ.
އަޒްރާ ވިދާޅުވީ އަބްދުﷲ ގާޒީ ގިރިފުށީ ބަންދުގައި ބެހެއްޓި އިރު ޖިސްމާނީގޮތުން އަނިޔާއެއް ކޮށްފައިނުވިނަމަވެސް މަޖުބޫރުކޮށްގެން ކަންތައްތަކެއް ކުރުމަށް މަސައްކަތް ކޮށްފައިވާކަމަށެވެ. ނަމަވެސް މިމައްސަލައަކީ ކޯޓަށް ހުށެހެޅިފައިވާ މައްސަލައެއްކަމުން މައްސަލައާއި ބެހޭ އިތުރު ތަފްސީލެއް ދެވެން ނެތްކަމަށް ވަނީ ވިދާޅުވެފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ އަބްދުﷲ ގާޒީ ހައްޔަރު ކުރި ކުރުމާއި ބެހޭގޮތުން އެކޮމިޝަނުން ތައްޔާރުކުރި ރިޕޯޓްގެ ބައި ސޮފްހާ މީޑީއާގައި ހާމަކޮށްފައެވެ. އަދި ފުރިހަމަ ރިޕޯޓް އާންމުކުރާނެ ތާރީޚެއް ފަހުން އިއުލާން ކުރާނެކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.
އަބްދުﷲ މުހައްމަދު ގާނޫނާއި ޚިލާފަށް ނިޒާމްގެ ތެރެއިން ގެއްލުވާލާފައިވާ މައްސަލައިގައި ދައުވާކުރާނެ ބަޔަކު ހިއުމަން ރައިޓްސް ކޮމިޝަނުން ފާހަގަކޮށްފައި ނުވި ނަމަވެސް ޕީޖީއިން އެމައްސަލައާއި ގުޅިގެން މިހާރުވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އެމަނިކުފާނުގެ ދައުރުގެ ޑިފެންސް މިނިސްޓަރ ތޮލްހަތު އިބްރާހިމް ކަލޭފާނާއި، އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް މުސާ އަލީ ޖަލީލާއި، ބްރިގޭޑިއާ ޖެނަރަލް އިބްރާހިމް މުހައްމަދު ދީދީއާއި، ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށް މިހަރުވަނީ ދައުވާ އުފުލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ