މިއަދު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ

މިއަދު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.
ސްޓެލްކޯ އިން ބުނީ، މާލޭގެ ހެންވޭރާއި ގަލޮޅު އަވަށުގެ ބައެއް ގެތަކުން މިއަދު ކަރަންޓް ކެނޑިދާނެ ކަމަށެވެ.
ކަރަންޓް ކެނދިދާނެކަމަށް ބެލެވެނީ މިއަދު މެންދުރުފަހު 2:00 އިން 3:30އާ ދެމެދުގެ ގަޑިތަކުގައެވެ.
ސްޓެލްކޯ އިން ބުނީ ކަރަންޓް ކެނޑުމުގެ މައްސަލަ ދިމާވާނީ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރަމުން ދާތީ ކަމަށެވެ.
ކަރަންޓް ކެނޑޭނީ ހެންވޭރާއި، ގަލޮޅު އަވަށުގެ ކަށިމާ ހިނގުމާއި، ބުރުޒުމަގާއި، ލޮނުޒިޔާރަތްމަގުގެ އިތުރުން މޫނިމާހިނގުމާއި، އިރުދޭމާ ހިނގުމާއި، ދޮންއަދަރާދަ ހިނގުން ހިމެނޭ ސަރަހައްދުންނެވެ.
ކަރަންޓް ކެނޑޭ ވަގުތު ކަސްޓަމަރުންނަށް ކުރިމަތިވާ ދަތިތަކަށް ސްޓެލްކޯ އިން ވަނީ މައާފަށް އެދިފައެވެ.
މާލެ ސަރަހައްދުގެ ކަރަންޓްގެ ހިދުމަތް ރަނގަޅުކުުރުމަށް ސްޓެލްކޯ އިން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާރު ވަނީ މާލެ ސަރަހައްދުގެ ކަރަންޓް، އެއް ވިއުގައަކުން ގުޅާލައި ހިދުމަތް ދޭން ފަށާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ