"ޖިހާދަށް" ކަމަށް ބުނެ އޮޅުވާލައިގެން ސީރިއާއަށް ދާން އުޅެނިކޮށް ލަންކާއިން ހައްޔަރުކުރި ދެމީހަކު ވަނީ ޝަރުއީ ކޯޓުން ބޭރުގައި އަމިއްލަ އަށް ކައިވެނި ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ސީރިއާ ހަނގުރާމައަށް ދާން އުޅެނިކޮށް ހައްޔަރުކޮށްފައިވަނީ 23 އަހަރާއި 25 އަހަރުގެ ފިރިހެނަކާއި 18 އަހަރުގެ އަންހެނެކެވެ. ފުލުހުން ވިދާޅުވީ މިމީހުންގެ ތެރެއިން 23 އަހަރުގެ ފިރިހެން މީހާއާއި 18 އަހަރުގެ އަންހެން މީހާ ޝަރުއީ ކޯޓުން ބޭރުގައި އަމިއްލަ އަށް ކައިވެނި ކުރީ މިއަހަރުގެ މާޗް މަހުގެ 19 ވަނަ ދުވަހުކަމަށެވެ.
ކައިވެނި ކުރި އިރު އަންހެންކުއްޖާގެ އުމުރުން 17 އަހަރު ކަމަށާއި މިހާރު އަންހެންމީހާ ބަލިވެ އިނދެ ބަނަޑަށް ހަމަސްވެފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.
"ވަގުތަށް" ކަށަވަރުވެފައިވާ ގޮތުން ހަނގުރާމައަށް ދާން އުޅެނިކޮށް ހައްޔަރުކޮށްފައިވަނީ ރ. މަޑުއްވަރީ ބައެކެވެ.
ޖިހާދަށް ދާން އުޅުނު ކަމުގެ ތުހުމަތުގައި 3 ދިވެއްސަކު ހައްޔަރުކޮށްފައިވާއިރު ފުވައްމުލަކު ދެމަފިރިއަކު “ޖިހާދަށް” ކަމަށް ބުނެ ސީރިއާއަށް ވަނީ ފުރާފައެވެ. ޖިހާދަށް ކަމަށް ބުނެ ސީރިއާއަށް ދިޔައީ އުމުރުން 26 ވަރަކަށް އަހަރުގެ ދިގުވާޑު، އައިރީ، އަހުމަދު މުންސިފް ކިޔާ ޒުވާނަކާއި ސުމާ އަލީ ކިޔާ އަންހެނެކެވެ.
ފުވައްމުލަކު ދެމަފިރިއަކު ޖިހާދަށް ކަމަށް ބުނެ ސީރިއާއަށް ގޮސްފައިވާއިރު ދާދި ފަހުން ރ.މީދޫ އެއް އާއިލާއެއްގެ 4 މީހުން ވަނީ ސީރިއާއަށް ގޮސް އައިއެސް އާއި ގުޅިފައެވެ. އެމީހުންގެ ތެރޭގައި 10 އަހަރުގެ އަންހެން ކުއްޖަކު ވެސް ހިމެނެއެވެ.
ޖިހާދަށް ދާން އުޅުނު ދެމީހަކު ވަނީ ކޯޓުން ބޭރުގައި ކައިވެނިކޮށްފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ