ފުޑް ކޯޓުން 3 ތަނެއް ކުއްޔަށް ދޫކުރަން އެސްޓީއޯއިން ހުޅުވާލައިފި

މާލޭގެ ހުޅަނގު ހާބަރު ސަރަހައްދުގައި ތަރައްގީކޮށްފައިވާ ފުޑް ކޯޓުތަކުގެ ތެރެއިން މިހާރު ހިދުމަތް ނުދޭ 3 ތަނެއް ދޫކުރަން ބީލަމަށް ހުޅުވާލައިފިއެެވެ.
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ނެރުނު އިއުލާނުގައި ބުނީ ފުޑްކޯޓުގެ ތެރެއިން ހުސްކޮށް ހުރި ތިން ތަނެއް މިހާރު ވަނީ ބިޑަށް ހުޅުވާލާފައި ކަމަށެވެ.
މިގޮތުން މި ބްލޮކްތަކުގެ ތެރޭގައި ހިމެނެނީ އަމީނީމަގުގެ ބްލޮކް 1 އަކާއި، އިއްޒުއްދީންމަގުގެ ބްލޮކް 4 އަކާއި، އިއްޒުއްދީން ޔުނިޓް 23 ގެ ބްލޮކް 4 އެކެވެ.
މި ތަންތަނަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށް އެސްޓީއޯ އިން ބުނެފައިވެއެވެ.
ޕްރޮޕޯސަލަށް އެދި ހުށަހަޅާ ފޯމު ބަލައިގަނެވޭނީ 21 ވަނަ ދުވަހުގެ މެންދުރު 2 ޖެހުމާއި ހަމައަށް ކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.
އެސްޓީއޯއިން ބުނީ ފުޑް ކޯޓުގެ ގޮޅިތަކަށް އެދި ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެސްޓީއޯގެ ވެބްސައިޓް [email protected] މެދުވެރިކޮށް ފޯމް ޑައުންލޯޑް ކުރެވޭނެ ކަމަށާއި، ބްލޮކްތަކާގުޅޭ އިތުރު މައުލޫމާތު އެ ބްލޮކަކަށް ހާއްސަ ކުރެވިފައިވާ ނަންބަރުތަކުން ލިބޭނެ ކަމަށްވެސް ބުނެފައި ވެއެވެ.
މީގެކުރިން ބިޑަށް އެންމެ ކުޑަވެގެން ހުށައެޅުނު އަގަކީ އަކަފޫޓެއް 53 ރުފިޔާގެ ރޭޓުންނެވެ.
ބިޑް ކާމިޔާބުކުރާ ފަރާތްތަކުން ކާމިޔާބު ކުރާތާ ހަތްދުވަހުގެ ތެރޭގައި ތިންމަހުގެ ކުލި ޑިޕޮޒިޓްގެ ގޮތުގައި ދައްކަންޖެހެއެވެ. ކުއްޔަށް ނަގާފައިވާ ތަންތަނަށް ބަދަލެއް ގެނެވެނީ އެސްޓީއޯގެ ހުއްދަޔާއެކުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ