އެމްޑީޕީ ދާއިރާތަކުގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހޮނިހިރު ދުވަހު ހުޅުވާލަނީ

އެމްޑީޕީ ދާއިރާތަކުގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހޮނިހިރު ދުވަހު ހުޅުވާލާނެކަން އެމްޑީޕީން ހާމަކޮށްފިއެވެ.
އެމްޑިޕީގެ ދާއިރާގެ ރައީސްގެ ކެމްޕެއިން ފޯރި ގަދަވެފައިވާއިރު އެމްޑީޕީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ދާއިރާތަކުގެ މަގާމްތަކަށް ކުރިމަތިލުމަށް ފުރުޞަތު އޭޕްރިން 24 ވަނަ ދުވަހު ހުޅުވާލާނެ ކަމަށާއި، އަދި އަދި އެދުވަހު ވޯޓަރޒް ލިސްޓް އާންމު ކުރުމާއި، ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާނެ ކަމަށެވެ.
އެމްޑީޕީން ބުނީ ވޯޓަރޒް ލިސްޓަށް ހުށަހަޅާ ޝަކުވާ ބަލައިގަތުމުގެ މުއްދަތު އޭޕްރިލް 28 އަށް ހަމަވާނެ ކަމަށާއި، ފައިނަލް ވޯޓަރޒް ލިސްޓް މޭ ފަސް ވަނަ ދުވަހު އިއުލާނު ކުރާނެ ކަމަށެވެ.
އެމްޑީޕީގެ އެތެރޭގެ މި އިންތިހާބުގައި ބައިވެރިވުމުގެ މުއްދަތު ހަމަވާނީ މޭ އަށްވަނަ ދުވަހު ކަމަށްވެސް އެމްޑީޕީން މައުލޫމާތު ދީފައިވެއެވެ
އެމްޑީޕީގެ ދާއިރާތަކުގެ ހިންގާ ކޮމިޓީތަކާއި ޕްރޮވިންސްތަކުގެ އިންތިޚާބު ބެއްވުމަށް ހަމަޖެހިފައިވަނީ މޭ 29 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ