ސަރުކާރުގެ އިސްވެރިންތަކެއް ގާސިމް އާއި އެކު މުލިއާގޭގައި ބައްދަލުކުރައްވަނީ

ސަރުކާރުގެ އިސްވެރިންތަކެއް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ގާސިމް އިބްރާހިމާއިއެކު މަޝްވަރާކުރައްވަމުން އެބަގެންދަވަ އެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން ބައިވެރިވެވަޑައިގަންނަވަ އެވެ.
މިއީ ސަރުކާރު ކޯލިޝަނުން ޖުމްހޫރީ ޕާޓީން ވަކިވި ފަހުން ސަރުކާރާއިއެކު މަޝްވަރާއެއްގައި ގާސިމް ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
ސަރުކާރުގެ އޮފިޝަލަކު މިރޭ ވިދާޅުވީ މުލިއާގޭގައި ކުރިއަށްދާ ބައްދަލުވުމަކީ އިގްތިސާދީ ބިލަކާ ބެހޭ ގޮތުން ސަރުކާރުން ޕްރެޒެންޓޭޝަނެއް ހުށަހެޅުމަށް ބާއްވާ ބައްދަލުވުމެއް ކަމަށެވެ. އެއީ ސްޕެޝަލް އިކޮނަމިކް ޒޯން ކަނޑައެޅުމުގެ ބިލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ