ސިޔާސީ ފަރާތްތަކުން ސިއްހީ ދާއިރާގެ އިތުބާރު ގެއްލުވާނުލުމަށް މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުން ގޮވާލައިފި އެވެ.
މެޑިކަލް އެސޯސިއޭޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހު މާބަނޑު އަންހެނެއްގެ ގަޔަށް އެޗްއައިވީ ހުރި މީހެއްގެ ލޭ އެޅި ހާދިސާ ސިޔާސީ ކުލަވަރު ޖައްސާފައިވާ ކަމަށާއި ސިޔާސީ ފަރާތްތަކުން ބޭނުން ކޮށްގެން ސިއްހީ ދާއިރާގެ އިތުބާރު ގެއްލޭގޮތަށް މަސައްކަތް ނުކުރުމަށް ހުރިހާ ފަރާތްތަކަށް ގޮވާލާ ކަމަށެވެ.
"މިފަދަ ހާދިސާތަކުގައި ސިޔާސީ ކުލަވަރު ޖައްސާ ސިޔާސީ ފަރާތްތަކުން ބޭނުން ކޮށްގެން ސިއްހީދާއިރާގެ އިތުބާރު ގެއްލޭގޮތަށް މަސައްކަތް ނުކުރުމަށް ހުރިހާ ފަރާތްތަކަށް މި އެސޯސިއޭޝަނުން ގޮވާލަމެވެ." މެޑިކަލް އެސޯސިއޭޝަނުން ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވެ އެވެ.
އެބަޔާނުގައި ވަނީ އައިޖީއެމްއެޗްގައި މިދިޔަ މަހުގެ 3 ވަނަ ދުވަހު ހިނގި ހާދިސާ އާއި މެދު ހިތާމަކުރާ ކަމަށާއި ލޭ އެޅުނު ބަލިމީހާ އަށާއި އޭނާގެ އާއިލާއަށް ލިބުނު ބޮޑުހިތާމައާއި އަދި ބަލިމީހާއަށް ދިމާވެދާނެ އެހެން ސިއްޙީ ގެއްލުން ތަކަށް ހެޔޮ ބަދަލެއް ދިނުމަށް އެދޭ ކަމަށެވެ.
އަދި މިފަދަ ކަމެއް ދެވަނަ ފަހަރަށް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް މިހާރުން މިހާރަށް އަޅަން ކަމާއިބެހޭ އެންމެހާ ފަރާތްތަކަށް ގޮވާލާ ކަމަށްވެސް ބަޔާނުގައިވެ އެވެ.
ސިއްހީ ދާއިރާގެ އިތުބާރު ގެއްލުވާނުލުމަށް މެޑިކަލް އެސޯސިއޭޝަނުން ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ