އަލިފުއްޓަށް ކަރަންޓް ދީފި

ރ.އަތޮޅު އަލިފުއްޓަށް ދިމާވި ކަރަންޓްގެ މައްސަލަ ހައްލުކޮށް އެރަށަށް ކަރަންޓް ދީފިއެވެ.
އަލިފުށިން ކަރަންޓް ކެނޑުނީ އެރަށުގައި ކަރަންޓް ދޭން ބޭނުން ކުރާ ދެޖަނަރޭޓަރުގެ ތެރެއިން އެއްޖަނަރޭޓަރު ހަލާކުވުމާއި ގުޅިގެން ދެން ހުރި ޖަނަރޭޓަރު ބޭނުންކޮށްގެން ކަރަންޓް ދެވޭ ވަރަށް ވުރެ ލޯޑް އިތުރުވުމުގެ ސަބަބުންނެވެ.
އަލިފުށިން ފުރަތަމަ ކަރަންޓް ކެނޑުނީ މިދިޔަ އަންގާރަ ދުވަހުއެވެ. އޭގެ ފަހުން މަދު ވަގުތުކޮޅުތަކަކަށް ބައެއް ފަހަރު ކަރަންޓް ދެވުނު ނަމަވެސް ގިނަ ވަގުތުތަކުގައި އެރަށުގައި ކަރަންޓެއް ނެތެވެ.
އަލިފުއްޓަށް ކަރަންޓްދީ މައްސަލަ ހައްލުކޮށްފައި ވަނީ އިއްޔެ އެރަށަށް މާލެ އިން ގެންދިޔަ 600 ކިލޯވޯޓްގެ ޖަނަރޭޓަރެއް އިންސްޓޯލް ކޮށްގެންނެވެ.
އަލިފުށީ ކަރަންޓްގެ މައްސަލަ ހައްލުކުރަން ފެނަކަ އިން ފުރަތަމަ އަލިފުއްޓަށް ފޮނުވީ 200 ކިލޯވޯޓްގެ ޖަނަރޭޓަރެކެވެ. ނަމަވެސް އެޖަނަރޭޓަރު ބޭނުންކޮށްގެން ވެސް މައްސަލަ ހައްލުކުރެވޭ ގޮތް ނުވުމުން ފަހުން 600 ކިލޯވޯޓްގެ ޖަނަރޭޓަރެއް ފޮނުވީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ