“ޢީދު ސްމައިލް” ހަރަކާތް މޫސުން ގޯސްވުމުގެ ސަބަބުން ފަސްކޮށްފި

އަޟްހާ ޢީދުގެ މުނާސަބަތުގައި ހުޅުމާލޭގައި މިއަދު ބާއްވަން ހަމަޖެހިފައިއޮތް “ޢީދު ސްމައިލް” ހަރަކާތް މޫސުން ގޯސްވުމުގެ ސަބަބުން ފަސްކޮށްފިއެވެ.
މިހަރަކާތް އިންތިޒާމްކުރާ އަލްހިޖްރަގެ ރައީސް ހާމިދު ސަލީމް ވިދާޅުވީ މިއިވެންޓް ދެން އޮންނާނީ މިމަހުގެ 8 ވާ ހުކުރުދުވަހު ކަމަށެވެ. މި އިވެންޓްގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު ސްޓޭޖް ހަރަކާތްތަކުގެ ގޮތުގައި މަދަހަ ކިޔުން، ވާހަކަ ކިޔައިދިނުން ފަދަ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.
އަދި މީގެ އިތުރުން ސްޓޯލްތަކުގައި ފޭސް ޕެއިންޓިން، ފަސްއޮށް ކުޅުން، އޮށްވަޅު ގޮނޑި ކުޅުން، ސްކޭޓް ކުރަން ދަސްކޮށްދިނުން، އަތްދޮވުން، ފޮޓޯ ފްރޭމް، ރިމޯޓް ކާރު ދުއްވުން، ޑަސްބިނަށް ދަޅު އުކުން ފަދަ ގިނަ ހަރަކާތްތަކެއްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ